ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކުރިން ހަރަކާތްތެރިވެފައިވާ މީހުންނާއި އަދި މިހާރުވެސް ހަރަކާތްތެރިވަމުންދާ މީހުންނާއި އަލަށް މިދާއިރާއާ ގުޅޭ މީހުން ހިމެނޭ ގޮތަށް އައުސިޔާސީ ޙަރަކާތެއް ފަށަން ތައްޔާރު ވެއްޖެއެވެ.
މި ޙަރަކާތް ފެށުމަށް ބޭނުންވާ އޮފީސް ވެސް މިހާރުވަނީ ހަމަޖެހިފައެވެ. އޮފީސް ހުންނަނީ ހީޓު ހުންނަ މެޕްލް ލީފް ޢިމާރާތުގެ ދެވަނަ ފަންގިފިލާގައެވެ. އެތަނުގައި 50 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލެއް ވެސް ހިމެނެއެވެ. ސިޔާސީ ޙަރަކާތްތައް މިވަގުތު ހިންގާނީ އެތަނުގައެވެ. އެ ޙަރަކާތްތައް އެތަނުން ލައިވް ވެސް ކުރާނެއެވެ.
މިޙަރަކާތުގެ ނަމަކީ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އެވެ. ނުވަތަ ދިވެހި ޤައުމީ ޙަރަކާތެވެ. ޑީއެންއޭގެ މަސައްކަތް ނުފެށި ލަސްވަމުންދަނީ ރާއްޖޭގައި ކޮވިޑް ޙާލަތު އޮތްގޮތުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އަންނަ ހަފްތާގައި ކުޑަކޮށް ނަމަވެސް މިޙަރަކާތް ފެށުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް އެނގިފައިވެއެވެ.
މި ހަރަކާތް ރާވައި ހިންގުމަށް އެތައް ބައެއް ހިމެނޭ ވަޓްސްއެޕް ގްރޫޕެއް ވެސް އޮވެއެވެ. ކަންކަމަށް މަޝްވަރާ ކުރެވެނީ އެގްރޫޕުގައެވެ.
މި ޙަރަކާތް ވެގެންދާނީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ ސިޔާސީ ޙަރަކާތަށް ކަމަށް ވަޓްސްއެޕް ގްރޫޕުގެ މަޢުލޫމާތުތަކުން އެނގެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ސިޔާސީ ޕާޓީއެއްގެ ފެށުމެވެ. ސިޔާސީ ޙަރަކާތެއްގެ ގޮތުގައި ފެށިއަސް އެންމެފަހުން ބަދަލުވެގެންދާނީ ސިޔާސީ ޕާޓީއަކަށް ކަމަށް ވެސް ވަޓްސްއެޕް ގްރޫޕުގެ މަޢުލޫމާތު ތަކުން އެނގެއެވެ.
މި ޙަރަކާތުގައި ތަޢުލީމީ ޒުވާނުންނާއި ސިޔާސީ ތަޖުރިބާކާރުންނާއި ގިނަދުވަސްވަންދެން ދައުލަތަށް ޚިދުމަތް ކޮށްދެއްވައިފައިވާ ބޭފުޅުން ހިމެނެއެވެ. އޭގެތެރެއިން ގިނަ މީހުން އަދި ތިއްބެވި ވަންހަނާ ވެގެންނެވެ.
މި ޙަރަކާތުގެ މައިގަނޑު މަޤުސަދަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމެވެ. މި ޙަރަކާތް މިގޮތަށް ފެށުނަސް ރިޔާސީ އިންތިޚާބު އަންނައިރު އޮންނާނީ ފިސާރި ވަރުހުރި ސިޔާސީ ޕާޓީއަކަށް ވެފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިޙަރަކާތުގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ކުރީގެ ހޯމް މިނިސްޓަރ އަދި ވިޔަފާރިވެރިޔާ ޢުމަރު ނަސީރެވެ.
މިޙަރަކާތުގައި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. ޑީޑީއާއި، އީސީގެ ކުރީގެ ނާއިބު ރައީސް އަޙުމަދު ފަޔާޟާއި ކާނަލް (ރިޓަޔަރޑް) ޒުބައިރު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މިޙަރަކާތުގައި ކުރީގެ ހޯމް މިނިސްޓަރު އަޙުމަދު އަޒުލީން ވެސް ބައިވެރިވެ ވަޑައިގަންނަވާ ކަމަށް މަޢުލޫމާތު ލިބުނެވެ. އެހެންނަމަވެސް އެމަނިކުފާނު ގުޅުއްވާފައި ވިދާޅުވީ އެމަނިކުފާނު ހުންނެވީ އަދިވެސް ޖުމްހޫރީ ޕާޓީއާއެކު ސާބިތުކަން މަތީގައި ކަމަށެވެ. އެނޫންް އެހެން ޕާޓީއަކާ ވެސް އަދި ސިޔާސީ ހަރަކާތަކާ ވެސް މިދުވަސްކޮޅު ބައިވެރިވެ ވަޑައިގެންނެވުމުގެެ ފިކުރެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑީއެންއޭ ޓީމު ސަތޭކަ..ކެރަފާ ކެނެރީ ފެއިލް.ބަޣާވާތް ކޮށް އެތައް ދިވެހިންގެ ލޭ މިބިމަށް އޮހޮރުވާލި. ޝަރީޢަތަށް ސާބިތު.
ހައްވާ ހަރުގަނޑޭ؟ އެކަން ގަބޫލު ނުކުރެވިފަދޯ.އެކަމަކު އެތައް ބައެއް މަރާފަ ބަޣާވާތް ކޮށްފަ ޝަރީޢަތުން ސާބިތު ވެފަ ތިބި ކެރަފާ ގަބޫލު.ތާހިރެއްނު. އުމަރު އެއީ ލީޑަރެއް. އަހަރެމެން ޒުވާނުން މިތިބީ ޢުމަރާއެކު.
ޗޮކުން ދާނީ.
ދުންޔާ އާއި އުމަރު ފިޔަވައި ކަމުދާ އެކަކުވސް ތިޔަތާކު ނެތް. އެމްޑީޕީ ހަޑިގިއްލާމެން އަހަރުމެނަށް ދުވަހަކުވެސް ކަމަކުނުދާނެ. ކޮންމެ ހެދުމެއް އަޅައިގެން ނުކުތަސް އެވާނީ އެއަށް.
ޢުމަރާަ ކިތައް ފޫޓުގެ ހަރުގަޑެއް މިފަހަރު ބަންނާނީ؟
ރަނގަޅުވާނެ
މީ މިވަގުތަށް ބަލާއިރު މިގައުމަށް ވަރަށް ބޭނުންވެފައިވާ ކަމެއް. މިވަގުތު ސަރުކާރު މިވަނީ %100 ފެއިލްވެފައި. ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް. ރައްޔިތުމީހާ މުޅިން ފަގީރުވެއްޖެ. ޒުވާނުން ބިކަވެއްޖެ. ދެންއޮތީ ޕީޕީއެމް، މި މީހުންވެސް އިދިކޮޅުގައި ތިބެގެން ހިންގަންޖެހޭ ހަރަކާތެއް ނުހިންގޭ. ޔާމީން ސަލާމަތް ކުރުމަށްޓކައި ހަމައެކަނި އުޅޭތަން ފެންނަނީ، ރައްޔިތުން މަތިން ހަދާނެއް ނެތް. ޑީއެންއޭ ފިކުރުގައިވާ އެއްޗެއް އަވަހަށް އިއުލާނު ކޮށްބަލަ. އަހަރަމެން މިތިބީ އެހެންގޮތެއް ބޭނުންވެފައެވެ.