އިޒްރޭލުގެ ވެބްސައިޓް "ގްލޯބިޒް" އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގެ ބޮޑު ޚަރަދުތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވެފައިވާ ސަޕްލައިގެ މައްސަލަތަކާއި، 2025 ވަނަ އަހަރު އިޒްރޭލުން ޓެކްސް ބޮޑު ކުރާނެ ކަމަށް ލަފާކުރެވޭތީއާއި މުސާރަ ބޮޑު ކުރުންފަދަ ހުރިހައި ކަމަކުން އިޒްރޭލުގެ ތަކެތީގެ އަގު ބޮޑުވެ އިންފްލޭޝަން މައްޗަށް ގޮސް އާންމުންގެ ދިރިއުޅުން ދަތިވެފައި ވެއެވެ.

އެ ވެބްސައިޓުގައިވާ ގޮތުން މިއަހަރު ނިމޭއިރު އިޒްރޭލުގެ އަހަރީ އިންފްލޭޝަން ރޭޓް 3.8 ޕަސެންޓަށް އިތުރު ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ އިތުރުން ވަޒީފާ އަދާކުރާ ތަންތާނގައި ވަޒީފާއަށް ނިކުންނާނެ މީހުންނެއް ނުލިބެއެވެ.

އިޒްރޭލުގެ އިގްތިސާދު މިހާލަތުގައި ކުރިއަރާނީ 0.7 އިންސައްތައިގައި ކަމަށް އައިއެމްއެފްއިން ބުނެއެވެ.