އެމެރިކާގެ ނޫސް ޕޮލިޓިކޯ އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޒަޔަނިސްޓު ޔަހޫދުންގެ ވިސްނުމާއި ފިކުރު އެމެރިކާގެ ސިޔާސީ މަސްރަހަށް ފާއްދާލައި ސިޔާސަތަށް ނުފޫޒު ފޯރުވާ، އައިޕެކް އިން އިޒްރޭލަށް ޒިޔާރަތް ކުރުމަށް އެމެރކާ ކޮންގްރެސް މެމްބަރުންނަށް ބޯކޮށް ހޭދަކޮށްފައި ވެއެވެ. އަދި ކޮންގްރެސްގެ އެތައް ސަތޭކަ މެމްބަރުންނަށް ދަތުރު ޚަރަދުދީ، ފައިސާ ދީފައި ވަނީ އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔާގެ ސަރުކާރަށް ސަޕޯޓު ހޯދައި ދިނުމަށެވެ.

އައިޕެކް އަކީ އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީއެވެ. މިއީ ހުރިހައި ނުބައެއްގެ އަސްލެވެ.

އައިޕެކް އަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހާއި ސަރުކާރުގެ އިދާރީ ހިންގާ ގޮފިތަކުގައި އިޒްރޭލަށް ތާއީދުކުރާ ސިޔާސަތުތައް އިންދައި ދިފާއުކުރާ ޕްރެޝަރު ގްރޫޕެކެވެ.

ޕޮލިޓިކޯއިން ވަނީ މިކަމާ ގުޅުން ހުރި، އެތައް ހާސް ރެކޯޑްތަކެއް ތަހުލީލުކޮށްފައެވެ. އަދި އެއިން ދައްކަނީ ކޮންގްރެސްގެ މެމްބަރުންނަށާއި އެމީހުންގެ އެއިޑުންނަށް ހިލޭ ދަތުރުތައް ލިބުމުން އިޒްރޭލަކީ ޗުއްޓީއާއި ބޯލުމަށް އެމީހުންގެ އެންމެ މަގްބޫލު މަންޒިލު ކަމަށެވެ.

ޕޮލިޓިކޯއާ ގުޅިގެން މި ދިރާސާ ތައްޔާރު ކުރީ ޔުނިވާސިޓީ އޮފް މެރީލޭންޑްގެ ހަވާޑް ސެންޓަރ ފޯ އިންވެސްޓިގޭޓިވް ޖާނަލިޒަމް އިންނެވެ.

ދެފަރާތުގެ ދިރާސާއިން ދައްކާ ގޮތުގައި 2012 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތްތަކުން ސްޕޮންސަރ ކުރި 4،100 ބޭރުގެ ދަތުރުތަކުގެ ތިންބައިކުޅަ އެއްބައި އަށް ވުރެ ގިނަ ދަތުރު އެމެރިކާގެ ކޮންގްރެސްގެ މެމްބަރުން ކޮށްފައި ވަނީ އިޒްރޭލަށެވެ! (މިއީ ރިޝްވަތު ނެގުމަށް ނުވާނެ ބާވައެވެ؟)

ޕޮލިޓިކޯއިން ހާމަކުރި ގޮތުގައި މިކަމުގެ މާނައަކީ އިސްރާއީލަށް ކުރާ ދަތުރުތަކުގެ އަދަދު ހުޅަނގުގެ ގައުމުތަކަށާއި އެފްރިކާ ބައްރަށް ކުރާ ދަތުރުތަކުގެ އަދަދަށްވުރެ އިތުރުވުމެވެ.

އިޒްރޭލަށް މި އިއްޒަތްތެރި މެމްބަރުން ކޮށްފައިޥާ ދަތުރުތަކުގެ 75 ޕަސެންޓް ސޮޕޮންސާ ކޮށްފައި ވަނީ، އެމެރިކަން އިޒްރާއީލީ އެޑިއުކޭޝަން ފައުންޑޭޝަނުންނެވެ. މިއީ އައިޕެކްގެ ދަށުން ހިންގާ މީހުންގެ ބޯކާލައި ސިކުންޑި ބައްޓަން ކުރާ ހިލޭބާހަށް މަސައްކަތް ކުރާ ތައުލީމީ އިދާރާއެވެ!

ޕޮލިޓިކޯ އިން ބުނަނީ މިކަންކަމުގެ ސަބަބުން އެމެރިކާ ކޮންގްރެސްގެ މެމްބަރުން ތިބެނީ ވަކިއަތަކަށް ބުރަވެފައެވެ.