ދުވަހަކުވެސް އެވެރިންނަށް އިތުބާރު ކުރެވޭނެ ހެއްޔެވެ؟

(ތަރުޖަމާއެއް)

އެމީހުންނަކީ ﷲއާއެކު ގެރީގެ މައްސަލާގައި ބަހުސް ކުރި މީހުންނެވެ!

އޯގާތެރި ކަމާއެކު ތިބާ މެންނަށް ޤުދުސް، ތަބަކެއްގައި ދީފާނެ ހެއްޔެވެ؟

އެވެރިން ބުންޏެވެ! ﷲއަކީ ނިކަމެއްޗެކެވެ. އަހަރަމެން މިތިބީ ފުދިގެންނެވެ!

ފަހެ، ފަލަސްޠީނަށް އެހީ ދިނުމަށް ކޮރިޑޯތަކެއް ހުޅުވަން އެވެރިން އެއްބަސްވާނެ ހެއްޔެވެ؟

އެވެރިން ބުންޏެވެ! ﷲއީ ތިންކައުވަންތަ އިލާހެވެ!

ފަހެ، ތިބާމެންނާ ސަލާތް ކުރަން އެވެރިން އަތް ފަތުރާނެ ހެއްޔެވެ؟

ﷲގެ ކަލާމްފުޅު އޮޅުވައިލައި ތަޙުރީފް ކުޅައެވެ.

ފަހެ، އެވެރިން، ތާރީޚާއި މަޢުލޫމާއި ހަގީގަތް އޮޅުވާ ނުލައި ފަހެ ތިބޭނެ ހެއްޔެވެ؟

ބާވައި ލެއްވި ފޮތްތައް ކިޔައި އެއަށް ބަދަލު ގެނައެވެ!

ފަހެ، ތިޔަބައި މީހުން ލިޔާ އެއްބަސްވުންތައް ބަދަލު ނުގެނަސް ތިބޭނެ ހެއްޔެވެ؟

ﷲއަށް އަޅުކަން ކުރުން ދޫކޮށްލިއެވެ. ގެރިއަށް އަޅުކަން ކުރިއެވެ!

ފަހެ، އެވެރިންގެ އަނިޔާތައް ދޫކޮށްލައި ހައްޤަށް ރުޖޫޢަ ވާނެ ހެއްޔެވެ؟

ﷲއާއެކު އެވެރިން ކުޅަ އަހުދު ފުއްދަން ދެކޮޅު ހެއްޖެވެ!

ﷲއާއި އެއިލާހުގެ ރަސޫލާ ދޮގު ކުޅައެވެ!

ފަހެ، ތިބާމެން ބުނަނީ ތެދެކޭ ބުނާނެ ހެއްޔެވެ؟

(ތަރުޖަމާއެއް)