އިންޑިއާއަށް ލުއި ހަތިޔާރު އެކްސްޕޯޓު ކުރުމަށް ޖަރުމަންވިލާތުން އަޅާފައިވާ ފިޔަވަޅު އުވާލައިފިއެވެ. ކުރީގެ ޗާންސެލަރ އެންޖެލާ މަރކެލްގެ ވެރިކަމުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލީ ޖަރުމަންވިލާތުގެ ޗާންސެލަރ އޯލްސް ޝޫލްޒް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހުއެވެ.
އިންޑއާގެ އިރު އުތުރު ސްޓޭޓްތަކާއި ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން ލުއި ހަތިޔާރު އިންޑިއާއަށް ނުވިއްކާ ގޮތަށް ކުރިން ޖަރުމަންވިލާތުން އޮތީ ނިންމާފައެވެ.
ޖަރުމަންވިލާތުގެ ހެކްލަރ އެންޑް ކޮޗް އިން އުފައްދާ ފިސްތޯލަކީ ދުނިޔޭގައި އިހުތިރާމް ލިބިފައިވާ އުފެއްދުމެވެ. އިންޑިއާއިން ބޭނުންވަނީ މި ލުއި ހަތިޔާރު ސިފައިންނަށް ހޯދައި ދޭށެވެ.
އިންޑިއާއިން ބުނަނީ އިންޑިއާފަދަ މާކެޓަށް އެގައުމުގެ ލުއި ހަތިޔާރު އެކްސްޕޯޓު ކުރުމަށް ހުޅުވާލުމުން ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.