އިންޑިއާގެ އަމިއްލަ ފަރާތަކުން ޓުއިޓާއާ ވާދައަށް އުފައްދާފައިވާ މައިކްރޯ ބްލޮގިންގ ސޮފްޓްވެއަރ "ކޫ" އަށް މިހާރު ހަތަރު މިލިއަން މީހުން ލިބި ފައިވެއެވެ. ކޫ އުފެއްދި މީހުންގެ އަމާޒަކީ އަހަރު ނިމޭއިރު 100 މިލިއަންއަށް އަދަދު އިތުރު ކުރުމެވެ.

ކޫ އުފެއްދި ކުންފުނީގެ ބާނީ މަޔަންކް ބީޑްވާޓްކާ ވިދާޅުވިގޮތުގައި އޭނާގެ ޕްލެޓްފޯމަށް ވަންނަ މީހުން ގިނަވުމުގެ ސަބަބުން ޓްރެފިކް މައްސަލަތަކެއް ދިމައެއް ނުވާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ކޫއަކީ ދުނިޔޭގެ ފެންވަރުގެ އެޕެއްގެ ގޮތުގައި ހެދުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތައްޔާރުކޮށް އިންވެސްޓް ކޮށްފައި ވެއެވެ.

ކޫ އަށް ބޭނުންވާ އިންވެސްޓްމެންޓްތައް ލިބިފައިވަނީ އިންޑިއާގެ އެންމެ ބޮޑު ޕްރައިވެޓް އިންވެސްޓްމެންޓް ކުންފުނިތަކުންނެވެ.

އެގޮތުން އެކުންފުނިން މިހާރުވެސް 4.1 މިލިއަން ޑޮލަރިގެ އިންވެސްޓްމެންޓް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރާއި ސިޔާސީ އަދި މުނިފޫހިފިލުވުމާއި މީޑިއާގެ ދާއިރާގެ އެތައް ފަރާތަކުން ވަނީ ކޫގައި ބައިވެރިވެފައެވެ. އިންޑިއާއިން މަސައްކަތް ކުރަމުން ދަނީ އެތައް ދާއިރާތަކުން އަމިއްލަ ތަކެތި އުފައްދައި ދުނިޔެއަށް އިޝްތިހާރުކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކުރަމުންނެވެ.