ހިފާފައިވާ ފަލަސްޠީނުގައި އިންދާފައިވާ ޒަޔަނިސްޓު ޔަހުދީ ނިޒާމުން ޣައްޒާގައި ހިންގަނީ ނަސްލީ ތަފާތު ކުރުމުގެ ސިޔާސަތެއް ކަމަށް އިޒްރޭލުގެ އެންމެ މަގްބޫލު ނޫސް ހާރެޓްޒް ގައި ލިޔުމުން އިޒްރޭލު ސަރުކާރުން އެ ނޫސް ބޯއިކޮޓް ކުރުމަށް ނިންމައިފިއެވެ.

ހާރެޓްޒްއިން އިޒްރޭލު ސަރުކާރުގެ ގަތުލުއާންމުގެ ވާހަކަތައް ފާޅުގައި ގެނަސްދެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ހާރެޓްޒްއިން މިދިޔަ ހަފްތާގައި ބުނެފައި ވަނީ މާލަސްތަކެއް ނުވެ އިޒްރޭލު ވުޖޫދުން ފޮހެވިގެންދާނެ ކަމަށެވެ.

އިޒްރޭލުގެ އެޑިއުކޭޝަން މިނިސްޓްރިއާއި ދާޚިލީ ވުޒާރާއާއި ބޭރުގައި ތިބޭ ޔަހޫދީންނާ ބެހޭ މިނިސްޓްރީން ބުނެފައި ވަނީ ހާރެޓްޒްއާ އެކު އެ މިނިސްޓްރީތަކުން އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި އެތަންތަނަށް އެ ނޫސް ވައްދައިގެން ނުވާނެ ކަމަށެވެ.