ބަނގްލަދޭޝްގެ ބޮޑު ވަޒީރު ހަސީނާއާއި އޭނާގެ ބައްޕައާއި މަންމައާއި ޚަންދާން މީހުންގެ ނަމަށް ނިސްބަތްކޮށް މެޑިކަލް ޔުނިވާސިޓިތަކަށް ދީފައި ހުރިހައި ނަންތައް ބަދަލުކޮށްފިއެވެ.
ޖުމުލަ ހަ މެޑިކަލް ޔުނިވަސިޓީއެއްގެ ނަން ބަދަލުކޮށްފައިވާ ކަމަށް ސިއްޙަތާ ބެހޭ މިނިސްޓްރީ ހިންގަން ހަވާލުކޮށްފައިވާ އެޑްވައިޒަރު ނެރުއްވި އާންމު ސިޓީއަކުން އަންގައިފައި ވެއެވެ.