ބުރަ މަސައްކަތްތަކަށް ފަހު ވޭމަންޑުއަށް ކަރަންޓް ދީފީއެވެ. އެރަށަށް ކަރަންޓު ދެވިފައިވަނީ ބުރާސްފަތި ދުވަހުރޭ 11:35 އެހައިންކާއިރު އެވެ. އެރަށަށް މިދިނީ ވަގުތީ ކަރަންޓެކެވެ.

އެރަށަށް ކަންޓު ދީފައިވަނީ ތ. ގުރައިދޫން ޖަނަރޭޓަރެއް ގެނެސްގެންނެވެ. އެ ޖަނަރޭޓަރު ވޭމަންޑުއަށް ގެނެސްފައިވަނީ ބުރާސްފަތި ދުވަހު ހެނދުނުއެވެ. އެގެނައި ގޮތަސް އިންސްޓޯލް ކުރުމަށްފަހު އެރަށަށް ކަރަންޓް ދެމުން ގެންދަނީ ސަރަހައްދު ތަކަށް ވަކީންނެވެ.

ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތާހުރި 3 ޖަނަރޭޓަރުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އެހެން ކަމުން މާލެއިން ޖަނަރޭޓަރު އެރަށަށް އަންނަންދެން ކަރަންޓު ދެމުން ގެންދާނީ ގުރައިދޫން ގެނައި ޖަނަރޭޓަރުންނެވެ. އެ ޖަނަރޭޓަރުތައް މިރޭ ފަތިހު ވޭމަންޑުއާ ހަމައަށް ފޯރާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެރަށަށް ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދިޔައިރު ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ކެތްތެރިކަމާއި އެއްބާރުލުމަކީ ލާމަސީލު ނަމޫނާއެއް ކަމަށް ފެނަކައިން ވަނީ ވިދާޅުވިއެވެ. އަދި ކަރަންޓް ފޯރުކޮށްދިނުމަށް އެކުންފުނީގެ ހީވާގި މުރާލި މުވައްޒަފުން މެދުނުކެނޑި 33 ގަޑިއިރު ވަންދެން ދައްކައިދީފައިވަނީ ތަޢުރީފް ޙައްޤު ނަމޫނާ މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެރަށުން ކަރަންޓު ކެނޑުނުތާ މާގިނަ ވަގުތެއް ނުވަނީސް ފެނަކަ ކުންފުނީގެ މެނޭޖިންޑިރަކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވަނީ އެރަށަށް ވަޑައިގެންފައެވެ. އަދި ރައްޔިތުންނާ ވަރަށް ގާތުން ވަނީ މަސައްކަތް ކުރައްވައިފައެވެ.