އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ހޯމް މިނިސްޓަރ ބައިވެރިވެ ވަޑައިގަތް ކެމްޕޭން ޖަލްސާއެއްގައި ބޮލީވުޑްގެ މުސްކުޅި ތަރި މިތޫން ޗަކްރަބަތީ މުސްލިމުންނަށް އިންޒާރު ދީފިއެވެ. އޭނާގެ އިންޒާރަކީ، ވެސްޓް ބެންގޯލްގައި ވެރިކަން ކުރާ ޕާޓީގެ މެމްބަރަކު ދިން އިންޒާރަކާ ގުޅިގެން ދިން ރައްދު އިންޒާރެކެވެ.
މިތޫން ޗަކްރަބަތީ ބުނީ ކޮންމެ ގޮތެއް ހަދާފައިވެސް ވެސްޓް ބެންގޯލްގެ ވެރިކަން ބީޖޭޕީން ހޯދާނެ ކަމަށެވެ. އޭނާއާ ހަވާލާ ދީ އެންޑީޓީވީން ބުނެފައި ވަނީ ހިންދީން މުސްލިމުން ކަތިލައި ވަޅު ލާން އޭނާ ގޮވާލާ ކަމަށެވެ.
އޭގެ ކުރިން ވެސްޓް ބެންގޯލްގައި ވެރިކަން ކުރާ ތްރިނަމޫލް ކޮންގްރެސްގެ ކެންޑިޑޭޓް ހުމާޔޫން ކަބީރު ވިދާޅުވެފައި ވަނީ އޭނާގެ ސަރަހައްދުގައި މުސްލިމުންނަކީ 70 ޕަސެންޓް ކަމަށާއި 30 ޕަސެންޓަކީ ހިންދޫން ކަމަށެވެ. އަދި އޭނާ ގޮވާލީ ހިންދޫން ކަތިލައި ވަޅުލާށެވެ.
ކަބީރުގެ ވާހަކައާ ގުޅިގެން އިންޑއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އޭނާއަށް އިންޒާރު ކޮށްފައެވެ.
މިތުން ވާހަކަ ދެއްކި ޖަލްސާއަކީ ބީޖޭޕީއަށް ވެސްޓް ބެންގޯލުން މެމްބަރުން އިތުރު ކުރުމަށް ހޯމް މިނިސްޓަރ އަމިތު ޝާހް ބައިވެރިވެ ވަޑައިގަތް ޖަލްސާއެކެވެ.
ދުނިޔޭގެ އެންމެ ހަރުކަށި ދީނީ މީހުން އުޅޭ ސަރަހައްދަކީ ދެކުނު އޭޝިއާއެވެ.