ބޭނުންވާ ތަކެތި

750 ގުރާމު ކުކުޅު (ބޮޑެތިކޮށް ކޮށާފައި)

1 ޖޯޑު ޕްލޭން ޔޯގަޓް

1 މޭޒުމަތީ ސަމުސާ އިނގުރު (ހިމުންކޮށް ޗިސްކޮށްފައި)

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ހިމުންކޮށް ޗިސްކޮށްފައި )

1 ސައި ސަމުސާ ރީނދޫ

1 މޭޒުމަތީ ސަމުސާ ކޮތަނބިރި ހަވާދު

1 ސައިސަމުސާ މުގުރި މިރުސް

1 ސައިސަމުސާ މުގުރި ދިރި

1 ސައިސަމުސާ ގަރަމް މަސާލަ

20 އަލަމަންޑު

3 މޭޒުމަތީ ސަމުސާ ކުކިންގް އޮއިލް

2 ޖޯޑް ތެއްލި ފިޔާ

2/1 ޖޯޑު ކިރު

2/1 ޖޯޑު ފެން

3 ހިކި މިރުސް

1 ސައިސަމުސާ ދިރި ( ނުމުގުރާ )

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ އަލަމަންޑު ފެނު އަޅައި ފޯކޮށްލާށެވެ. ގާތްގަޑަކަށް 6 ގަޑި އިރުން ފޯވާނެއެވެ. ދެން ތޮށި ނޮޅާލުމަށްފަހު މިކްސަރުން ހިމުން ކޮށްލާށެވެ. ކުޑަ ފެންފޮދެއް އަޅައިގެން ވަރަށް ރަނަގަޅަށް ހިމުން ކޮށްލަންވާނެއެވެ. ދެން ކުކުޅު ތައްޓަކަށް އަޅައި އެއަށް ޕްލޭން ޔޯގަޓް އިނގުރު ލޮނުމެދު މުގުރި މިރުސް ކޮތަނބިރި ހަވާދާއި މުގުރު ދިރި ގަރަމް މަސާލަ، 1 ސަމުސާ ލޮނު ތެއްލި ފިޔާ ހިމުންކުރި އަލަމަންޑުވެސް އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. އެއަށް ފަހު 15 މިނެޓެއްހާއިރު ބަހައްޓާލާށެވެ. ދެން ތެއްޔަކަށް 3 ސަމުސާ ތެޔޮ އެޅުމަށްފަހު އުނދުންމައްޗަށް އުދައި ހޫނުކޮށްލާށެވެ. ހޫނުވުމުން 3 ހިކިމިރުހާއި ނުމުގުރާ ދިރި އަޅާށެވެ. ދެން ކުކުޅުވެސް އަޅައި ރަނގަޅަށް ހަނާކޮށްލާށެވެ. އެއަށްފަހު 2/1 ޖޯޑު ކިރު އަޅައި މަޑުގިނިމަތީގައި ކައްކާލާށެވެ. އޮލަމިން ހެޔޮވަރުކޮށްލުމަށް 2/1 ޖޯޑު ފެން އަޅާށެވެ. އެއަށްފަހު މަތި ޖަހައިގެން މަޑު ގިނިމަތީގައި ކައްކައި ލޮނު ހެޔޮވަރުކުރުމަށްފަހު އުނދުންމަތިން ބާލާށެވެ.

މިއީ ފަރާޓާއާއި ރޮއްޓާއެކު ކެއުމަށް ވަރަށް މީރު ރިހައެކެވެ. އަދި އެހާމެ ފަސޭހައިން ހަދާލެވޭނެ ބާވަތެކެވެ.