ބީބީސީން ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑާ ޚިލާފްވެފައިވާ ކަމަށް ބުނެ އެ އިދާރާގެ 100 އަށް ވުރެން ގިނަ ނޫސްވެރިން ޝަކުވާކޮށް އިހުތިޖާޖު ކޮށްފިއެވެ.
ބީބީސީގެ ޑިރެކްޓަރު ޓިމް ޑޭވީ އާއި ސީއީއޯ ޑެބޮރާ ޓަރނެސް އަށް ފޮނުވި ސިޓީއެއްގައި އާންމުންނާއި ސްޓާފުން ބުނެފައި ވަނީ ބްރޯޑްކާސްޓަރު އަމިއްލަ އެޑިޓޯރިއަލް މިންގަނޑުތަކަށް ވެސްތަބާ ނުވާ ކަމަށާއި އިޒްރޭލަށް ތާއީދުކޮށް ދޮގު ޚަބަރު ފަތުރާ ކަމަށާއި ފަލަސްޠީނު މީހުންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރާ ކަމަށެވެ.
ދަ އިންޑިޕެންޑެންޓުން ފުރަތަމަ ރިޕޯޓްކުރި ގޮތުގައި އިނގިރޭސި ސަރުކާރުން ފައިސާ ދީގެން ހިންގާ ބްރޯޑްކާސްޓަރުގެ ސްޓާފުންގެ 100 އަށް ވުރެ ގިނަ މީހުން ސިޓީގައި ސޮއިކޮށްފައި ވެއެވެ. އަދި އާންމުންނާއި ކަމު ވޮށިގެންވާ އެތައް ބަޔަކުވެސް އެ ސިޓީގައި ސޮއިކޮށްފައި ވެއެވެ.