ޒަޔަނިސްޓުން ވެރިކަން ކުރާ ދައުލަތަށް ހަތިޔާރު ފޮނުވުން މަނާކޮށްދިނުމަށް އެދި، 54 ގައުމަކާއި ޖަމާއަތަކުން އދގެ ސަލާމަތީ މަޖިލީހަށް އިލްތިމާސެއް ހުށަހަޅައިފިއެވެ. އެފަރާތްތަކުން ހުށަހަޅާފައި ވަނީ، ބައިނަލްއަގްވާމީ ގާނޫނުތަކާއި ކުރިން ނިންމާފައިވާ ގަރާރުތަކަށް ތަބާވުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ސެޕްޓެމްބަރު 18، 2024 ގައި ފާސްކުރި އާންމު މަޖިލީހުގެ ގަރާރު އީއެސް-10/24 ގައި ބަޔާން ކުރާ "އިރުމަތީ ގުދުސްއާއި ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި ހަތިޔާރު ބޭނުންކުރެވިދާނެ ކަމަށް ޝައްކު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް" ހުރި ހާލަތްތަކުގައި ހަތިޔާރު ސަޕްލައި ނުކުރުމަށް ގޮވާލާ ގަރާރަށް ތަބާވުމަށްވެސް ގޮވާލާފައި ވެއެވެ.