ކޮވިޑަށް ފަރުވާ ދެމުން ދިޔަ ދިވެހި އަންހެނަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ރޭ ދަންވަރު 00:22 ގައި ކޮވިޑް ޖެހިގެން އުމުރުން 80 އަހަރުގެ އަންހެނު ނިޔާވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން މި ބަލީގައި ރާއްޖެއިން މަރުވި 61 ވަނަ މީހާ އެވެ.

މިހާރު ވެސް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ކޮވިޑު ޖެހިގެން ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގަ އެވެ.