އެމެރިކާގެ އިންތިޚާބު ނިމުމާއެކު އެތެރޭގެ ޓެރަރިސްޓް ހަމަލަތަކެއް އަތުވެދާނެ ކަމަށް ސަމާލަތީ ފަރާތްތަކުން ބުނެފިއެވެ. އެހެންވެ، އިންތިޚާބާ ގުޅޭ ކަންކަން ކުރާ ތަންތަނުގައި ފޯރި މެރުން ވަރުގަދަ ކޮށްފިއެވެ.

ޕޮލިޓިކޯގައި ރިޕޯޓުކޮށްފައިވާ ގޮތގައި އެމެރިކާގެ އިންތިޚާބުގެ ނިމުން ފާހަގަ ކުރުން އޮމާން ކަމާއެކު ނިމިގެނެއް ނުދާނެއެވެ. ބައެއް ސްޓޭޓްތަކުގައި ގަވަރުނަރުންނާއި މަސްއޫލުވެރިންގެ ސަލާމަތަށް އިތުރު ފިޔަވަޅުތައް އަޅާފައި ވާކަމަށްވެސް ބުނެއެވެ.

އަދި އެއްވެސް ހަމަނުޖެހުމެއް ހިނގުމަށް ފުރުސަތު ނުދީ، ސަލާމަތީ ބާރުތަކުން ސްޓޭޓްތަކުގެ ވެރިކަން ކުރާ މަރުކަޒުތަކުގައި ފޯރި މަރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.