ކަރާޗީގައި ފޭރާން ވިޔާ ކާރުޚާނާއެއްގައި ޗައިނާގެ ދެ ރައްޔިތަކު މަރާލައިފިއެވެ. މި ދެމީހުން މަރާލާފައި ވަނީ ބަޑި ޖަހައިގެންނެވެ.

ޕާކިސްތާނު ފުލުހުން ބުނެފައި ވަނީ މި ދެމީހުން މަރާލުމާ ހައްދުފަހަނައަޅައި ގޮސްފައިވާ ޓެރަރިސްޓުންނާ ގުޅުމެއް ނެތެވެ. ކަރާޗީގައި ގިނަ އަދަދަކަށް ޗައިނާ މީހުން ދިރިއުޅެއެވެ.

މީގެ ކުރިން ކަރާޗީ އެއަރޕޯޓް ކައިރިން ދިން ޖާނު ގޮއްވާލުމުގެ ހަމަލައެއްގައި ވެސް ޗައިނާ މީހަކު މަރާލާފައި ވެއެވެ.