ޒަޔަނިސްޓުންގެ ދިފާއީ ވަޒީރުގެ މަގާމަށް އެވެރިންގެ ޚާރިޖީ ވަޒީރު އައްޔަންކޮށްފިއެވެ. އިޒްރާއީލް ކާޓްސްއަކީ ޚާރިޖީ ވަޒީރު ކަމާ ޙަވާލު ވުމުގެ ކުރިން މާލީ ވަޒީރުކަން ކުރި ދަނޑުވެރިއެކެވެ.

ޒަޔަނިސްޓުންގެ ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ ދިފާއީ ވަޒީރު ގެލެންޓު މަގާމުން ދުރުކޮށްފައެވެ. ދެ ވެރިންގެ ދެމެދު ޒުވާބެއް ހިނގާތާ ދެއަހަރު ވަރު ވެއްޖެއެވެ.

ގެލެންޓު ބުނެފައި ވަނީ އޭނާ މަގާމުން ދުރު ކުރީ ނަތަންޔާހޫއަށް ވުރެން އޭނާގެ މަގްބޫލުކަން އިތުރު ވެގެން ދިއުމުންނެވެ.

ދެން އިންތިޚާބެއް ބާއްވައިފިނަމަ ގެލެންޓަށް ބޮޑުވަޒީރުކަން ލިބިދާނެ ކަމަށް ބެލެވެއެވެ.

ނަތަންޔާހޫއާ ދެބަސްވާ ކޮންމެ މީހަކު މަގާމުން ދުރުކުރުމަށް އޭނާ ވަނީ ނިންމާފައެވެ.