އޮސްޓްރޭލިއާގެ ދުވަހު ނޫހަކުން، އިންޑިއާގެ ޚާރިޖީ ވަޒީރާ އިންޓަރވިއު ކުރުމުން ކެނެޑާގައި އޮސްޓްރޭލިއާގެ ނޫސް ބްލޮކް ކޮށްފިއެވެ. އިންޑިއާއިން ވަނީ ކެނެޑާގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުނާފިގުކަން މިއިން ސާބިތުވާ ކަމަށް ބުނެ ފާޑު ކިޔާފައެވެ.

އިންޑިއާގެ ޚާރިޖީ ވަޒިރު އެސް ޖަޔަޝަންކަރު އޮސްޓްރޭލިއާއަށް ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅިފައިވާ ކޮމިޝަންގެ ބައްދަލުވުމަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި އޮސްޓްރޭލިއާ ޓުޑޭއިން ވަނީ ޖަޔަޝަންކަރާއި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގްއާ އިންޓަރވިއުކޮށް ފައެވެ. ކެނެޑާއިން ވަނީ އޮސްޓްރޭލިއާ ޓުޑޭގެ އެއިންޓަރވިއުއަށްފަހު އެ ނޫސް ކެނެޑާގއި ނުފެންނަ ގޮތަށް ހަދާފައެވެ.

ޖަޔަޝަންކަރު ވަނީ ކެނެޑާއިން އިންޑިއާއަށް ތުހުމަތު ކުރަނީ އެއްވެސް އަސާސެއް ނެތި ކަމަށާއި އަދި ކެނެޑާގައި އުޅޭ ޚާލިސްތާންގެ ކަރުކަށި މީހުންގެ އަވައިގައި ޖެހިގެން ކެނެޑާގެ ސަރުކާރުން ދައްކާ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ކެނެޑާގައި ސިކުންގެ ދރިކޮޅުގެ ނީރަޖު ކިޔާ މީހަކު މަރާލި މައްސަލާގެ އަޑީގައި އިންޑިއާގެ މަސްއޫލުވެރިން ހިމެނޭ ކަމަށް ކެނެޑާއިން ތުހުމަތު ކުރެއެވެ. އިންޑިއާއިން އެކަން ދޮގު ކުރެއެވެ.