އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ރަނިންމޭޓު ޖޭ.ޑީ ވޭންސްގެ އަނބިކަނބަލުންނަކީ އިންޑިއާ ދަރިކޮޅުގެ ބޭފުޅެކެވެ. މިސް އުޝާ ޗިލޫކުރީ ވޭންސް، 38، ވާނީ އިންޑިއާ-އެމެރިކާ ދަރިކޮޅުގެ ފުރަތަމަ ސެކަންޑް ލޭޑީ އެވެ.

ވޭންސްގެ އަނބިކަނބަލުން އުޝާ ޗިލޫކުރީ ބޮޑުވީ ސެން ޑިއޭގޯގެ އަވަށެއްގައެވެ. ރައްޓެހިން އޭނާ ސިފަކުރީ ލީޑަރެއް އަދި ފޮތްކިޔުމަށް ޝައުގުވެރިވާ ބޭފުޅެއްގެ ގޮތުގައެވެ. 2014 ވަނަ އަހަރުގެ ނިޔަލަށް އޭނާއަކީ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެކެވެ.

ގާނޫނީ ވަކީލު އުޝާ ވޭންސް އަކީ ޔޭލް ޔުނިވާސިޓީން ތާރީޚުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލް ކުރެއްވުމަށްފަހު ޔުނިވާސިޓީ އޮފް ކެމްބްރިޖް އިން މާސްޓާޒް އޮފް ފިލޯސަފީ އަށް ކިޔަވާ ވިދާޅުވި ބޭފުޅެކެވެ. ފަހުން އޭނާ ވަނީ ޤާނޫނީ ދާއިރާއިން ކިޔަވައި ވިދާޅުވެގެން އެދާއިރާއިން މަސައްކަތް ކުރައްވާފައެވެ.

ޔުނިވަސިޓީގައި އުޅުއްވިއިރު ޔޭލް ޖާނަލް އޮފް ލޯ އެންޑް ޓެކްނޮލޮޖީގެ މެނޭޖިން އެޑިޓަރުގެ މަގާމާއި ދަ ޔޭލް ލޯ ޖާނަލްގެ އެގްޒެކެޓިވް ޑިވެލޮޕްމަންޓް އެޑިޓަރުގެ މަގާމު ވެސް އޭނާ އަދާ ކުރައްވާފައި ވެއެވެ.

ޔޭލްގައި ހަތަރު އަހަރު ވަންދެން ވަރުގަދަ އެކްސްޓްރާ ކަރިކިއުލަރ ހަރަކާތްތަކެއް ހިންގެވުމަށްފަހު، ކެމްބްރިޖްގައި ގޭޓްސް ފެލޯއެއްގެ ގޮތުގައި ކިޔެވުން ކުރިއަށް ގެންދެވިއެވެ. އަދި ކަނާތުފިޔައިގެ ފަރާތްތަކާއި އަދި ލިބަރަލް ގްރޫޕްތަކާ ގުޅިގެން ސިޔާސީ މަސައްކަތް ކުރެއްވިއެވެ.

އުޝާ އާއި ޖޭ.ޑީ ވޭންސް އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ ޔޭލް ލޯ ސްކޫލުގައެވެ. ކައިވެނި ބައްލަވައި ގަތީ 2014 ވަނަ އަހަރު ކެންޓަކީގައި ހިންދޫ ފައްޅިއެއްގައެވެ. މިދެބޭފުޅުންގެ ތިން ބޭފުޅުން ތިއްބަވައެވެ.

ފިރިމީހާގެ ކާމިޔާބީގައި އުޝާ ވެންސް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ވޭންސްއަކީ 39 އަހަރުގެ ބޭފުޅެކެވެ. އޭނާ އުފަންވެ ބޮޑުވީ އޮހައިއޯގެ މިޑިލްޓައުން އަށެވެ.

އެމެރިކާ ސިފައިންގެ ތެރޭގައި އިރާގުގައި އޭނާ ޚިދުމަތް ކުރެއްވި އެވެ. އަދި ފަހުން އޮހައިއޯ ސްޓޭޓް ޔުނިވާސިޓީ އާއި ޔޭލް ލޯ ސްކޫލުން ޑިގްރީ ހާސިލް ކުރެއްވި އެވެ. އަދި ސިލިކަން ވެލީގައި ވެންޗާ ކެޕިޓަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

ވޭންސް މަޝްހޫރުވެ ވަޑައިގަތީ، 2016 ވަނަ އަހަރު ޓްރަމްޕްގެ ކާމިޔާބިއާ ބެހޭ ގޮތުން އޭނާ ލިޔުއްވި ފޮތުންނެވެ.

އޫޝާގެ އާއިލާއަކީ ހިންދޫ ދީންވެރި އާއިލާއެކެވެ. އެއާ ޚިލާފަށް ވޭންސްގެ މައިން ބަފައިން ތަފާތެވެ. އޭނާގެ މަންމައަކީ ޑްރަގް އެޑިކްޓެކެވެ. އަދި ބައްޕައަކީ ކުޑައިރު އޭނާގެ މަންމަ ދޫކޮށް ދިޔަ މީހެކެވެ. ވޭންސް ތަރުބިއްޔަތު ކުރީ އޭނާގެ މާނައާއި މާފައެވެ.