ސިޔާސީ ފަރާތްތަކުން ފުޅާދާއިރާއެއްގައި ކަންބޮޑުވުން ފާޅުކުރާ ފިޔަވަޅެއްގެ ގޮތުން ޕާކިސްތާނު ސަރުކާރުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ފަރުދުން ޝަރީއަތެއް ނެތި ތިން މަސް ދުވަހުގެ މުއްދަތަށް ވާނުވާ ބަންދު ޖެހުމުގެ ބާރު ސަލާމަތީ ފަރާތްތަކަށް ދީފަ އެވެ. އެންޓި ޓެރަރިޒަމް ގާނޫނު (އޭޓީއޭ) އަށް އިސްލާހު ގެނައުމުގެ ބިލް އެއްވެސް ބަހުސެއް ނެތި އަވަހަށް ކޮމިޓީއަކަށް ފޮނުވައި ފާސްކުރުމުން، މަދަނީ މިނިވަންކަމަށް އެއިން އަސަރު ކުރާނެ ކަމަށް ބުނެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ބިލުގައި "ގައުމީ ސަލާމަތަށް ނުރައްކަލެއް" ކަމަށް ބެލެވޭ ކޮންމެ މީހަކު ހަމައެކަނި "އެކަށީގެންވާ ޝައްކެއް" ގެ މައްޗަށް ބިނާކޮށް ބަންދުކުރުމުގެ ހުއްދަ ދީފައިވެއެވެ. މި މުއްދަތުގައި ބަންދުކޮށްފައިވާ މީހުންނަށް ގާނޫނީ ވަސީލަތްތައް ދިނުން ސަސްޕެންޑްކޮށްފައިވެ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ފިޔަވަޅު އަމާޒުކޮށްގެން ކައުންޓަރ ޓެރަރިޒަމް ނިވަލަކަށް ހަދައިގެން އުޅެނީ ބައިމަދު މީހުންނާއި ނޫސްވެރިންނާއި އެކްޓިވިސްޓުންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކަށް އަމާޒު ކުރާށެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ޕާކިސްތާން (އެޗްއާރުސީޕީ) އިން ވަނީ އެ ބިލް ކުށްވެރިކޮށްފައެވެ. އަދި މަދަނީ ހައްގުތައް ނިގުޅައި ގަނެ، އެ ބިލްގެ ސަބަބުން ފަރުދުންނާއި ޖަމާއަތަށް އަނިޔާތަކެއް ލިބިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި އިސްލާހުތަކުގައި ބޭނުންކޮށްފައިވާ އޮޅުން ބޮޅުން ބޮޑު ބަހުރުވައިގެ ސަބަބުން މި ބާރުތައް ނުބައިކޮށް ބޭނުންކުރެވިދާނެ އެވެ. އަދި މިއީ ކުރިން ޚިޔާލުތަފާތުވުންތަކާ ދެކޮޅަށް ހައްގު ހޯދަން ކުރި މަސައްކަތްތައް ހަނދާންކޮށްދޭ ކަމެއް ކަމަށެވެ.
ޤާނޫނު ހަދާ މަޖިލީހުން މި ބިލަށް ތާއީދުކޮށްފައި ވަނީ ސަލާމަތީ ގޮންޖެހުންތަކާއި ޓެރަރިޒަމް މައްސަލަތައް ހައްލުކުރުމަށް ޗައިނާއިން ޕްރެޝަރުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. މަދަނީ ނުވަތަ ޝަރުއީ ގޮތުން ފަރުވާލެއް ނުބަހައްޓައި ފާސްކުރާ މި ބިލަކީ އަސްކަރީ ބާރު ފުޅާވުމެއް ކަމަށާއި، އަދި އެއީ، ހާއްސަކޮށް ޚައިބަރު ޕަޚްތުންޚްވާ އާއި ބަލޫޗިސްތާން ފަދަ ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުގައި މީހުން ބަންދު ކުރުން އިތުރުވުމުގެ ފުރުސަތު އޮތް ބިލެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.