ފަލަސްޠީނުގެ ޙައްޤަށް މަސައްކަތް ކުރާ ފަރާތްތަކުން ބޭނުން ކުރާ "ކޯރުން ކަނޑާހަމައަށް" އިބާރާތް ބޭނުން ކުރުމަކީ ޖަރުމަންވިލާތުގައި ކުށެއް ކަމަށް ބޮޑު ހަނގުރާމައިގެ ކުރިން ނާޒީން ވެރިކަން ކުރަމުން ދިޔަ ޤައުމުން ބުނެފިއެވެ.

ޖަރުމަންގައި ދިރިއުޅޭ އީރާނު މީހަކު އޭނާގެ އިންސްޓަގްރާމްގައި “from the river to the sea, Palestine will be free” ލިޔުމުން އޭނާއާ ދެކޮޅަށް ދައުވާ ކުރީއެވެ. ކޯޓުން ވަނީ އެ އިބާރާތް ބޭނުން ކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައަޅާފައެވެ.

އިޒްރޭލުގެ ޚާރިޖީ ވަޒީރު ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. މިއީ ފަލަޠީނުގެ ބިންތައް ހިފައިގެން ޔޫރަޕްގެ ދޮން މީހުން އިންދާފައިވާ "އިޒްރޭލު ވުޖޫދުން ފޮހެލުމަށް ބޭނުން ކުރާ އިބާރާތެއް" ކަމަށް އިޒްރޭލު ޚާރިޖީ ވަޒީރު ބުންޏެވެ.