އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއިން އިމްޕޯޓުކުރާ މުދަލަށް %60 ގެ ޓެރިފެއް ނަގަން ރާވާފައިވާތީ އެކަމުން، ޗައިނާގެ މިހާރުވެސް ދަތިވެފައިވާ އިގްތިސާދަށް ވަރަށް ބޮޑަށް އަސަރު ފޯރާނެ ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ބުނެ އެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުން ފެށިގެން %7.5 ން 25 ޕަސެންޓަށް ޗައިނާ މުދަލަށް ޓެރިފް ނަގާފައި ވެއެވެ. މިފަހަރު ޓްރަމްޕް ތެރިފް އިތުރު ކޮށްފިނަމަ، އެކަން ވެގެން ދާނީ ޗައިނާގެ ޕްރޮޕަޓީ މާކެޓް ދަށްވެ، ދަރަނީގެ މިންވަރު މަތިވެ، ޑޮމެސްޓިކް ޑިމާންޑް ބަލިކަށިވެފައިވާ ދަނޑިވަޅެއްގައި ކުރިމަތި ކުރެވޭ އުނދަގުލަކަށެވެ.
ރިއަލް އެސްޓޭޓް ސެކްޓަރ ދަށްވުމުގެ ސަބަބުން ލޯކަލް ގަވަރމަންޓްގެ އާމްދަނީ ވަނީ ދަށްވެފައެވެ. އަދި ޗައިނާގެ ޖުމްލަ ދަރަނި މިހާރު ވަނީ އިގްތިސާދުގެ ސައިޒުގެ ތިންގުނައަށް ވުރެ އިތުރުވެފަ އެވެ. އިގްތިސާދީ މާހިރުން އިންޒާރު ދެނީ ޗައިނާއަށް އެކަން ފޫބައްދަން ހަ ޓްރިލިއަން ޔުއާން (1.1 ޓްރިލިއަން ޑޮލަރު) އާއި ހަމައަށް އިގްތިސާދަށް ދިރުމެއް ދޭ ޕެކޭޖެއް ބޭނުންވެދާނެ ކަމަށެވެ.
އެމެރިކާގެ ޓެރިފްތަކާ ދެކޮޅަށް ޔުއާންގެ އަގު %18 ދަށްކުރަން ޖެހިދާނެ ކަމަށްވެސް ތަޖުރިބާކާރުން ދެކެއެވެ. އާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން އެކްސްޕޯޓަށް ބަރޯސާވާ ޗައިނާ އަށް ޖެހޭނީ އެތެރޭގެ ކޮންސިއުމަރުންނަށް ސަމާލުކަން ދީގެން އިގްތިސާދު ދިރުވާށެވެ.