މުހިންމު ސިނާއާތަށް ބޭނުންވާ ނާދިރު މައުދަންތަކުގައި ޗައިނާއަށް ބަރޯސާ ނުވުމަށް ވިލާތު އިއްތިހާދުން ގޮވާލައިފިއެވެ. ވިލާތު އިއްތިހާދުގެ ރައީސް އުރުސުލާ ވޮން ޑާ ލެޔެން ވިދާޅުވީ ޗައިނާއަށް ބޮޑަށް ބަރޯސާ ކުރުމަށް ވުރެން ބޮޑަށް ޔޫރަޕުން އަމިއްލަ ޓެކްނޮލޮޖިކަލް އިންޑަސްޓްރީއެއް ބޭރުގައި ގާއިމުކުރުންވެސް މާ މުހިންމު ކަމުގައެވެ.

"ގްރީން އަދި ޑިޖިޓަލް ޓެކްނޮލޮޖީއަކީ އެތަކެއް ރޯ މެޓީރިއަލްއަށް ބަރޯސާ ކުރާ ދާއިރާތަކެއް. އިލެކްޓްރިކް ކާރު އުފެއްދުމަށް ލިތިއަމް އެތެރެ ކުރަން އެބަޖެހޭ. ސާފު ހައިޑްރޮޖަން އުފެއްދުމަށް ޕްލެޓިނަމް އެތެރެ ކުރަން އެބަޖެހޭ. ސޯލާ ޕެނަލްއަށް ސިލިކަން އެތެރެ ކުރަން އެބަ ޖެހޭ. އަޅުގަނޑުމެން ބޭނުންވާ ނާދިރު މައުދަންތައް މިއަންނަނީ އެންމެ ދިމައަކުން، އެއީ ޗައިނާ. މިއީ ދެމެހެއްޓެނުވިގޮތެއްގައި މިކަން ކުރެވޭން ގޮތެއް ނޫން." އީޔޫ އިންޑަސްޓްރިއަލް ޑޭޒް 2021 ގައި ވީޑިއޯ ޚިތާބެއްގައި އޭނާ ވިދާޅުވިއެވެ.

އަދި އޭނާ ވިދާޅުވީ މިދިޔަ އަހަރު، ޔޫރަޕްގެ ރޯމެޓީރިއަލް އެލައެންސް އުފެއްދީ މި މަގްސަދުގައެވެ. މީގެ މަގްސަދަކީ މެމްބަރު ގައުމުތަކުގެ މެދުގައި މައުދަންތައް ނެގުމުގެ މަސައްކަތް ބަހާލުމެވެ.

ޒަމާނީ ޓެކްނޮލޮޖީގައި ހިމެނޭ ލެޕްޓޮޕުން ފެށިގެން އިލެކްޓްރިކް ކާރާއި ބެޓެރިއާއި މިސައިލް ގައިޑް ކުރާ ނިޒާމުތަކާއި ލޭޒާ އުފެއްދުމަށް ނާދިރު 17 އަސާސީ މައުދަނެއް ބޭނުން ކުރަން ޖެހެއެވެ.

ދުނިޔޭގައި ނާދިރު މައުދަންތައް މިއަންނަނީ، ޗައިނާއާއި އެމެރިކާއާއި މިޔަންމާރއާއި އެހެން ބައެއް ގައުމުތަކުންނެވެ. ޗައިނާއަކީ ނާދިރު މައުދަންތަކުގެ ތިން ބައިކުޅަ ދެބައި ކޮންނަނީ ޗައިނާގެ މޮންގޯލިއާ ސަރަހައްދުންނެވެ.

ނާދިރު މައުދަންތަކަކީ ބުރަ މަސައްކަތުން ކޮނެގެން ނެގޭ އެއްޗެކެވެ. މީގެ އެއްޓަން އުފެއްދުމަށްޓަކައި 100 ޓަނުގެ އިންޑަސްޓްރިއަލް ވޭސް އުފައްދަން ޖެހެއެވެ.