ކޮވިޑް ޖެހިގެން މިއަދު ވެސް ރާއްޖެއިން މީހަކު މަރުވެެއްޖެއެވެ.

"ސަން" އޮންލައިނުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޮވިޑްގައި މަރުވެފައި ވަނީ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 62 ވަނަ މީހާ އެވެ.

އިއްޔެވެސް ވަނީ މި ބަލީގައި ރާއްޖެއިން މީހަކު މަރުވެފަ އެވެ. އިއްޔެ މަރުވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ.