އިޒްރޭލުގެ ނިއުކްލިއަރ ޕްރޮޖެކްޓްގައި އުޅޭ މަސްއޫލުވެރިންގެ ނަމާއި އެމީހުންގެ މަސައްކަތާ ބެހޭ މައުލޫމާތާއި އާއިލީ ފޮޓޯތަކާއި ލޯބިވެރިންނާއެކު ނަގާފައިވާ ބަރަހަނާ ފޮޓޯތަކާއި ދިފާއީ ވުޒާރާގެ އިސް މަސްއޫލުވެރިއެއްގެ ސިއްރު މައުލޫމާތު އީރާނުގެ ހެކަރުންގެ ޓީމަކުން ފާއްދާލައިފިއެވެ.

އީރާނުގެ ސައިބަރ އޮޕަރޭޝަންތަކާ ގުޅުން ހުރި ފަރާތްތަކުން ދަނީ 7 އޮކްޓޫބަރަށް ފަހު އިޒްރޭލުގެ މުހިންމު މައުލޫމާތުތައް ޑާކްވެބްއާ މައުލޫމާތުގެ ރަސްމަގުގައި އާންމުކޮށް ޝާއިއުކުރަމުންނެވެ.

އީރާންގެ ހެކިން ގްރޫޕުން ވަނީ ސޮރެކް ނިއުކްލިއާ ރިސާޗް ސެންޓަރުގައި މަސައްކަތްކުރާ އިސްރާއީލުގެ މަޝްހޫރު ނިއުކްލިއާ ސައިންސްވެރިއެއްގެ ފޮޓޯތަކުގެ އިތުރުން، އެ ފެސިލިޓީގެ ޕާޓިކަލް އެކްސެލެރޭޓަރު މަޝްރޫއުގައި ބައިވެރިވާ އެހެން ސައިންސްވެރިންގެ ނަންތައް ވެސް ލީކުކޮށްލާފަ އެވެ.

އަދި ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އާއި އެމެރިކާގައި ހުންނަވާ އިސްރާއީލުގެ ސަފީރުގެ ޒާތީ ފޮޓޯތަކާއި ލިޔެކިޔުންތަކާއި އިސް އޮފިޝަލުންގެ އާއިލީ މައުލޫމާތު ވެސް ހެކަރުން ހާމަކޮށްފައިވާ ކަމަށް އިޒްރޭލުގެ ހާރެޓްސްގެ ރިޕޯޓެއްގައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބައެއް ފޮޓޯތަކަކީ ރޭޑިއޭޝަން ސޭފްޓީ މާހިރެއްގެ ގޮތުގައި މަސައްކަތް ކުރާ ސައިންސްވެރިޔެއްގެ ފޮޓޯތަކެކެވެ. އަދި އޭގެ ތެރޭގައި ސޮރެކް ޕާޓިކަލް އެކްސެލެރޭޓަރ ޕްރޮޖެކްޓްގެ ސްކްރީންޝޮޓްތައް ވެސް ހިމަނާފައި ވެއެވެ.

ހައްސާސް މައުލޫމާތު ފާއްދާލުމުން އެކަމާ މެދު އިސްރާއީލުގެ ސައިބަރ ސެކިއުރިޓީގެ ތަޖުރިބާކާރުން ކަންބޮޑުވާ ކަމަށް ހާރެޓްޒް ގެ ރިޕޯޓުގައި ބުނެއެވެ.

ފަލަސްޠީނުގެ ބިމުގައި އިންދާފައިވާ ޒަޔަނިސްޓުންގެ ސަރުކާރުގެ ބޮޑު ވަޒީރުގެ އޮފީހުން ބުނެފައި ވަނީ އެއިން ބައެއް މައުލޫމތަކީ ސައްހަ މައުލޫމާތުކަމަށެވެ.

އީރާނުން ދަނީ ދޭތެރޭން އިޒްރޭލަށް ސައިބާ އެޓޭކްތައް ދެމުންނެވެ. އީރާނުން ދެމުންދާ ޙަމަލަތަކުން ސާބިތުވީ މިހާތަނަށް ބާރެއްގެ ގޮތުގައި ދައްކައިގެން އަރަބިން ބިރުގަންނަވަމުން ދިޔަ ޒަޔަނިސްޓު ބައިގަނޑަކީ ބިލާހެއް ކަމެވެ.