ފްރާންސްގެ ޓީމާއި ޒަޔަނިސްޓުންގެ ޓީމާއެކު ކުޅުނު ފުޓްބޯޅަ މެޗް ނިމުނީ ސުމެއް ސުމެކުން އެއްވަރު ވެގެންނެވެ.

  • · 80 ހާސް މީހުންނަށް ވަދެވޭ ސްޓޭޑިއަމަށް ވަދެފައި ވަނީ އެންމެ 16 ހާސް މީހުންނެވެ.
  • · ފްރާންސްގެ 3 ރައީސުން މެޗު ބަލަން ވަނެވެ. އެއީ މެކްރޮން ރައީސާއި ކުރީގެ ރައީސުން ކަމަށްވާ ފްރާންސްވާ އޮލެންޑާއި ސަރްކޯޒީއެވެ.
  • · ޔަހޫދުންގެ ގައުމީ ސަލާމް ކުޅެވެމުން ދިޔަ ފަލަސްޠީނަށް ތާއީދު ކުރާ މީހުން ހޯއްގޮވައި ހެދުމުން، ތާޅަފިލީގެ އަޑުގަދަ ކުރަން ޖެހުނެވެ. އެވަރުންވެސް ޔަހޫދުންގެ ގައުމީ ސަލާމް އިވުނީ ކިރިޔާއެވެ.
  • · ޒަޔަނިސްޓުން ސްޓޭޑިއަމްގައި ތަޅައިގަތެވެ.
  • · ފްރާންސްގެ ޓީމަށް ސަޕޯޓު ކުރާ މީހުންނަށް ޒަޔަނިސްޓު ޓީމުގެ ސަޕޯޓަރުން ހަމަލަ ދިން ކަމަށް ލުފިގާރޯ ނޫހުން ރިޕޯޓު ކުރެއެވެ.
  • · ސްޓޭޑިއަމަށް ވަންނަން ދިމާ ކުރި ނޫސްވެރިން ސްޓޭޑިއަމަށް ނުވެއްދީ ސަލާމަތީ ސަބަބުތަކަށް ކަމަށް ބުނެ ކަމަށް މީޑިއާއިން ރިޕޯޓު ކުރިއެވެ.
  • · ސްޓޭޑިއަމް ކައިރީގައި ފަލަސްޠީނަށް ތާއީދުކޮށް އެއްވެސް ހަރަކާތެއް ބޭއްވުން އޮތީ ބުރާސްފަތި ދުވަހުން ފެށިގެން މަނާ ކޮށްފައެވެ.
  • · ނަމަވެސް ޔަހޫދުންނަށް ސަޕޯޓު ކުރާ ފަރާތްތަކުން އިޒްރޭލް ފޯއެވާގެ ނަމުގައި އެއްވުމެއް ބޭއްވިއެވެ. އެ އެއްވުމުގައި ވީޑިއޯ ލިންކަކުން ޒަޔަނިސްޓުންގެ މާލީ ވަޒީރު ސްމޮރިޗް ބައިވެރިންނާ މުޚާތަބު ކުރިއެވެ.
  • · މެޗް ކުޅެމުން ދިޔައިރު ޕެހިހުގައި ޒަޔަނިސްޓުންގެ ޖެނޮސައިޑާ ދެކޮޅަށް މުޒާހަރާތައް ބޭއްވިއެވެ. އޭގައި ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމަށް ގޮވާލައި އަޑުގަދަ ކުރިއެވެ. ހަނގުރާމައިގެ މުޖުރިމުންނާއެކު ނުކުޅޭނެ ކަމަށް ބުނެވސް އަޑު ގަދަ ކުރިއެވެ.
  • · ފްރާންސްގެ ވާތު ފިޔައިގެ ސިޔާސީ ފިކުރުގެ ފަރާތްތަކުން ވަނީ މި މެޗް ނުބޭއްވުމަށް ގޮވާލާފައެވެ. އަދި އެފަރާތްތަކުން މެޗް ބަލާކަށްވެސް ނުދެއެވެ.