ޔަހޫދުން އެމްސްޓެޑަމްގައި ބޭއްވުމަށް ހަމަޖެއްސި މިއުޒިކް ޝޯއެއް ބިރުން ނުބާއްވަން ނިންމައިފިއެވެ. ޔަމަނީ ބުލޫޒްގެ ނަމުން މަޝްހޫރު ޒަޔަނިސްޓުންގެ މިއުޒިކް ގްރޫޕަކީ ޔަމަނުން ހިޖުރަކޮށްފައިވާ ޔަހޫދުންގެ އައުލާދު ހިމެނޭ ގްރޫޕެކެވެ.

ޒަޔަނިސްޓުންގެ ގަތުލުއާންމާ ދެކޮޅަށް ޔޫރަޕްގައި މީހުން މަގުމަތީގައި މުޒާހަރާކޮށް އަޑުގަދަ ކުރަމުން ދިއުމާ ގުޅިގެން ޒަޔަނިސްޓުންގެ ހިތަށް ވަނީ ބިރުވެރިކަން ވަދެފައެވެ.