ރަޝިޔާގެ އާ ނިއުކްލިއާ ޑޮކްޓްރިން ބޭރުގެ ލީޑަރުން ރަނގަޅަށް ދިރާސާ ކުރައްވަން ޖެހޭ ކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވެއްޖެ އެވެ. ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ރަޝިޔާގެ އަދާހަމަކޮށްފައިވާ ނިއުކްލިއަރ ޑޮކްޓްރިން މިއަދު ތަސްދީޤު ކުރައްވާފައެވެ.

ރަޝިޔާއިން މިއަދު ޝާއިއުކުރި ރަޝިޔާގެ ނިއުކްލިއާ ޑިޓަރެންސްއާ ބެހޭ އަށް ޞަފްޙާގެ ސިޔާސަތު ބަޔާނުގައި ސެޕްޓެމްބަރު މަހު ޕޫޓިން މުރާޖަޢާކޮށްދެއްވި ބަދަލުތައް ހިމެނެ އެވެ.

ރަޝިޔާގެ ޑޮކިއުމެންޓް ދިރާސާކުރުމަކީ، "އިންތިހާއަށް މުހިންމު" ކަމެއް ކަމަށް ޕެސްކޯވް ގަވާއިދުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އާ ބަދަލުގެ ތެރޭގައި ހިމެނޭ ނުކުތާތަކުގައި ހިމަނާފައިވަނީ، ނިއުކްލިއާ ބާރެއްގެ ތާއީދު އޮންނަ ނިއުކްލިއާ ނޫން ބާރަކުން ދޭ ހަމަލާއަކީ ވެސް ޖޮއިންޓް ހަމަލާއެއްގެ ގޮތުގައި ރަޝިޔާއިން މިހާރު ބަލާނެ ކަމަށެވެ. އަދި ބާރުގަދަ ވައިގެ ބޮޑު ހަމަލާއެއް ވެސް ނިއުކްލިއާ އިން ރައްދު ދޭން ޖެހޭ ފަދަ ހަމަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

ޕެސްކޯވް ވަނީ އެ ޑޮކްޓްރިންގައި ހިމެނޭ ވަކި ބަސްތަކަކަށްވެސް އަލިއަޅުވާލައްވާފައެވެ.

"ރަޝިޔާގެ ފެޑެރޭޝަނާއި/ނުވަތަ އެގައުމުގެ އެކުވެރިންނާ ދެކޮޅަށް އަނިޔާވެރި ޙަމަލައެއް ދީފިނަމަ ކޮންމެހެންވެސް ބަދަލު ލާޒިމު ކޮށްފައިވާ ކަން" ފާހަގަ ކުރައްވައެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ރަޝިޔާގެ ފުނަށް ހަމަލާތައް ދޭން ޔުކްރެއިނަށް ފަހިކޮށްދިނުމަށް، އެމެރިކާއިން އުފައްދާ ދުރު ރާސްތާ ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ކިއެވްއަށް ދެއްވާފައެވެ. ފްރާންސުގެ ރައީސްވެސް ވަނީ މިފިޔަވަޅަށް ތާއީދުކުރައްވައި މިއަދު ވާހަކަ ދައްކަވާފައެވެ.

ޕޫޓިން މީގެ ކުރިން ވިދާޅުވެފައި ވަނީ މިފަދަ ކޮންމެ ހަމަލާއަކީ ނޭޓޯ އާއި ރަޝިޔާއާ ދެމެދު ސީދާ ހަނގުރާމައެއް ފެށިދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު ޔުކްރެއިން އިން ވަނީ ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން ދިން މިސައިލްތަކުން 6 މިސަލެއް ފޮނުވާފައެވެ. މޮސްކޯއިން ވަނީ ފަސް މިސައިލް ޝިކާރަކޮށްފައެވެ.

އެ ހަމަލައަށްފަހު ރަޝިޔާގެ ޕްރާވްޑާ ނޫހުން ލިޔުނު ކޮމެންޓްރީއެއްގައި ބުނެފައި ވަނީ ރަޝިޔާއިން ބަދަލު ހިފުމަށް ޙަމަލަ ދިނުމަށް މިހާރު މަގުކޮށިފައިވާ ކަމަށެވެ. އަދި އެނޫޙުގެ އެހެން ކޮމެންޓްރީތަކުގައިވެސް ރަޝިޔާއިން ރައްދު ދިނުމަށް ހިތްވަރު ދީފައި ވެއެވެ.

ޔުކްރެއިން ދިން ހަމަލައާ ގުޅިގެން، އާ ޑޮކްޓްރިންގެ ދަށުން ރަޝިޔާގެ ނިއުކްލިއާ ހަމަލާއެއް ފެށިދާނެތޯ މިއަދު ޕެސްކޯވަށް ސުވާލު ދެންނެވުނެވެ.

އޭނާ ވަނީ އެކަމަށް ސީދާ ޖަވާބުދާރީވުމަށް ދެކޮޅު ހައްދަވައިފައެވެ. އަދި އޭނާ ވަނީ ނިއުކްލިއަރ ޑޮކްޓްރިންގެ ނިއުކްލިއާ ދައުލަތްތަކުން ތާއީދުކޮށްދޭ ހަމަލާތަކާ ބެހޭ އާ މާއްދާ ދިރާސާ ކުރުމަށް ވިދާޅުވެފައެވެ.

އައު ޑޮކްޓްރިންގެ ދަށުން ރަޝިޔާގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަން ނުވަތަ އެކުވެރި ގައުމުތަކުގެ އެއްބައިވަންތަކަން ނިގުޅައި ގަންނަ ހާލަތްތަކުގައި މޮސްކޯއަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ހައްގު ލިބިގެންވެއެވެ.

ގުޅުން ހުރި ލިޔުންތައް:

ނިއުކްލިއަރ އިން ރައްކާތެރިވާނެ ހިޔާތައް އުފައްދަނީ

ދުނިޔެ ހަނގުރާމައަކާ ދިމާއަށްބާ؟

އަންގާރަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ފޯ ވެސްޓަރން ހެމިސްފިއާ އެފެއާޒް، ބްރިއަން އޭ ނިކޮލްސް، ބްރެޒިލްގެ ނޫހެއް ކަމަށްވާ އޯ ގްލޯބޯ އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމެރިކާގެ ރައީސް ބައިޑަން ރަޝިޔާގެ ފުނަށް ހަމަލަ ދިނުމަށް ޔުކްރެއިންއަށް ދެއްވި މިސައިލުން ޔޫކްރޭންގެ ދިފާއީ ގާބިލްކަން އިތުރުވެ، ރަޝިޔާއަށް މަޝްވަރާ މޭޒުދޮށަށް އައުމަށް ހިތްވަރަކަށް ވާނެ ކަމަށެވެ. މިހިނދު ރަޝިޔާއިން އަބަދުވެސް ސުލްޙައަށް ބާރުއަޅާފައިވާއިރު ސުލްހަ ނުވާން ޔުކްރެއިންގެ ޖޯކަރު ޒެލެންސްކީއަށް ބާރުއަޅާފައި ވަނީ އެމެރިކާއާއި ޔޫކޭއިންނެވެ.