ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެތަނުން ވިދާޅުވީ އަލިފާން ރޯވީ ހުޅުމާލެ ވައިޓް ބީޗު ކައިރީގައި ހުރި ގުދަނެއްގައި ކަމަށެވެ. މިހަދީސާ ރިޕޯޓު ކޮށްފައިވަނީ މިރޭ ދަންވަރު 2:43 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެތަނުގައި ރޯވި އަލިފާން ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ނިއްވައިފައެވެ.

މި ގުދަނުގައިހުރީ އިންޖީނާއި އޭގެ ސްޕެއަރ ޕާޓްސް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.