އަންހެން ކުދިން ބާރުވެރިކުރުމަށް އިންޑިއާގެ އުއްތުރަކާންދްގެ ނެއިނީތާލް ގައި ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން ގެތަކަށް ނަން ދިނުމަށް ހަމަޖެހިފައި ވަނީ އަންހެން ދަރިންގެ ނަމުންނެވެ. އެގޮތުން އާއިލާގައި އެއް ކުއްޖަކަށް ވުރެން ގިނަ އަންހެން ކުދިން ތިބޭނަމަ ގޭގެ ނަން އޮންނާނީ އެންމެ ހަނގަށް ހުންނަ ކުއްޖާގެ ނަމުންނެވެ.

ނެއިނީތާލް ގެ މަންޒަރެއް

މިއީ މިސްޓޭޓްގައި މިގޮތަށް އަންހެން ކުދިންގެ ނަމުން ގެތަކަށް ނަންދޭ ދެވަނަ ސަރަހައްދެވެ.

ނަން ބޯޑްތައް ޑިޒައިން ކުރަނީ ހިސާބުގަނޑުގެ ފަންނުވެރިކަން ފެންނަ ގޮތަށް އަންހެނުންނަށް ވިޔަފާރި ލިބޭ ގޮތަށެވެ.

މި ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި އަށް ހާސް މީހުންނަށް ނަން ބޯޑް ދިނުމަށް ހަމަޖެހިފައި ވެއެވެ. ނަން ބޯޑް ހެދުމަށް ހިނގާ ޚަރަދު ދެނީ ސަރުކާރުންނެވެ.

ނެއިނީތާލް ގެ މަންޒަރެއް

އުއްތުރަކާންދްގެ ބައެއް ހިސާބުތަކުގައި ފިރިހެނުންގެ ނިސްބަތުން އަންހެން ކުދިން މަދުކަމަށް ދައްކައެވެ. ސަރުކާރުން ބޭނުންވަނީ މިމައްސަލައަށް އިޖުތިމާއީ ހައްލެއް ހޯދާށެވެ.