ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން ނުޖެހޭ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި ނިންމުމުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލްކޮށްފި އެވެ.

ހައިކޯޓުގައި އެ މައްސަލަ ތާވަލް ކޮށްފައި ވަނީ މި މަހުގެ 22 ވަނަ ދުވަހަށެވެ.

އެ މައްސަލަ "ދިޔަރެސް" ގެ ފަރާތުން ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ދިޔަރެސް" ނޫހުގެ ފަރާތުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި ވަނީ އެދިފައެވެ. އެކަމާ ގުޅިގެން މި މައްސަލަ އައިކޮމް އަށް ހުށަހެޅުމުން އައިކޮމް އިން ވަނީ އެ މައްސަލާގައި ދެ އަޑުއެހުމެއް ބާއްވާފައެވެ.

އެކަމާ ގުޅިގެން މި މައްސަލަ އައިކޮމް އަށް ހުށަހެޅުމުން އައިކޮމް އިން ވަނީ މި މައްސަލައިގައި އަޑުއެހުންތަކެއް ވެސް ބާއްވާފައެވެ.

އެގޮތުން އެ އަޑުއެހުމުގައި ޑިފެންސް މިނިސްޓްރީން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބުނެފައެވެ.