ގއ.ދެއްވަދޫ އަނެއްކާވެސް މޮނިޓަރިންގެ ޙާލަތަށް ގެނެސްފިއެވެ.

މިއީ ދެއްވަދޫ މޮނިޓަރިންގއަށް ލީ ދެވަނަ ފަހަރެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ ހަތް ވަނަ ދުވަހު އެރަށް މޮނީޓަރިންގަށް ލުމަށްފަހު ރަށުގެ މޮނީޓަރިންގެ ހާލަތު އުވާލީ އެއްމަސް ފަހުން ފެބްރުއަރީ އެއްވަނަ ދުވަހުއެވެ.

ދެއްވަދޫން ނެގި ރޭންޑަމް ސާމްޕަލްތަކުން ގިނަބަޔަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން އެރަށުން 69 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ދެއްވަދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާީ ލިޔުމުގައި ސަބަބެއްގެ ގޮތުގައ ލިޔެފައިވަނީި ކޮވިޑް19 އާއި ގުޅިގެން، ސިއްޙީގޮތުުން ބަލަންޖެހޭ ބެލުންތައް ބެލުމަށް ކަމަށެވެ.