މަސްވެރިއަކަށް ފިޓް ޖެހިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ޅ. އަތޮޅުގެ މެދުތެރެއިން 14 މީހުންނާއި އެކު މަސްވެރިކަން ކުރަމުން ދިޔަ "ހަޒާނާ" ދޯނީގައި ހުރި ފަޅުވެރިއަކު ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

މަސްވެރިއާއަށް ފިޓް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 09:03 ހާއިރު ކަމަށާއި، ފިޓް ޖެހިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އަދި އެމީހާ ކޯސްޓްގާޑު ލޯންޗްގައި މިއަދު10:50 ހާއިރު ނައިފަރަށް ގެންގޮސްފައިވާ ކަމަަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.