ގދ. ގައްދޫ އ.ތ.މ ކޮމެޓީގެ ކުނާވިޔުމުގެ ކޯހުގައި ކިޔަވާދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާއިން މިދިޔަ މަހުގެ 29ގައި ދިވެހި ސަރުކާރު ގެޒެޓުގައި އާންމު ކުރި މި އިއުލާނުގައި ބުނެފައިވަނީ މި މުބާރާތަކީ ގައްދޫގެ އަންހެން ކަބަލުންނަށް ހާއްސަކޮށްގެން ގެންދާ މުބާރާރެއް ކަމަށެވެ.
މީގެއިތުރުން މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށާއި އެ ކޮމިޓީއިން ބޭނުންވަނީ މި ކޯހުގައި ބައިވެރިންނަށް ކުނާވިޔަން ދަސްކޮށްދޭނެ ލެކްޗަރަރއެއް ކަމަށްވެސް ބުންޏެވެ.
ހަމައެއާއެކު ބީލަމާބެހޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ހީރަސް ކުރެވިފައިވާނެ ކަމަށާއި ޑިސެމްބަރ 5 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުމަށްވެސް އެ ކޮމެޓީން ވަނީ އެދިފައެވެ.
އަދި އިތުރު މައުލޫމަތެއް ބޭނުންވާނަމަ 7955909 ނަންބަރަށް ގުޅުމަށްވެސް އެދިފައިވެއެވެ.