ޕީރިއަޑް ދުވަސްވަރު ނުވަތަ ޕީރިއަޑް ފެށުމުގެ ހަފްތާއެއްހައި ދުވަސް ކުރިން މޫޑް ވަރަށް ބޮޑަށް ބަދަލުވުމަކީ ބައެއް އަންހެނުންނަށް ކުރިމަތިލާންޖެހޭ ވަރަށް ނާޒުކު މައްސަލައެކެވެ.
ބައެއް ފަހަރު ސަބެއްނެތި ރުޅިއާދެވެއެވެ. އަނެއްބައިފަހަރު މާއަވަހަށް ޖަޒްބާތުގައި ޖެހި ރޮވެއެވެ. މިއީ ޑޮކްޓަރީ ތަހްލީލުތައް ވަރަށް ފުޅާދާއިރާއެއްގައި ކުރެވިފައިވާ މައުޟޫއެކެވެ.
ބައެއް ފަހަރު މޫޑް ބަދަލުވަނީ ޑޮކްޓަރުންގެ އެހީތެރިކަން ހޯދައިގެން ހައްލު ހޯދަންޖެހޭ މިންވަރަށެވެ. އާދަޔާޚިލާފަށް މޫޑް ބަދަލުވާ ކަމުގައި ވަނީނަމަ، ލަދު އެއްފަރާތް ކުރުމަށްފަހު ޑޮކްޓަރެއްގެ އެހީތެރިކަން ހޯދާށެވެ.
ޕީރިއަޑް ދުވަސްވަރު މޫޑް ރަނގަޅުކޮށް ބަހައްޓަން ކުރެވިދާނެ ކަންތައްތައް:
ބެލެންސްޑް ޑައިޓެއް ކާށެވެ. ބެލެންސްޑް ޑައިޓެއް ނެގުމަކީ ޕީއެމްއެސް (މެންސުރަލް ޑިސްއޯޑަރ) ގެ އަލާމާތްތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމެކެވެ. މޭވާ، ތަރުކާރީ (ޚާއްޞަކޮށް ފަތް ހުންނަ ފެހި)، ލެގިއުމްސް އަދި ހޯލް ގްރޭންސްގެ އިތުރުން އޮމެގާ-3 އާއި އޮމެގާ-6 ފަދަ ސިއްހަތަށް ފައިދާހުރި ފެޓްސް ގިނައިން ހިމެނޭ ޑައިޓެއް ކާށެވެ. ޕްރޮސެސްޑް ކާނާ އާއި ސެޗުރޭޓެޑް ފެޓްސް ލިމިޓް ކުރާށެވެ.
ޑައިޓީޝަނަކާ ވާހަކަ ދައްކާށެވެ. ގަވާއިދުން ކަސްރަތު ކުރާށެވެ. އެއީ ކައުންޓަރއިންޓިއުޓިވް ކަމެއް ކަމުގައި ހީވިޔަސް، ކަސްރަތު ކުރުމަކީ ޕީއެމްއެސް އަށް ފަރުވާ ދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. ކަސްރަތަކީ ހަމައެކަނި މޫޑް ރަނގަޅުކޮށްލަދޭ ބައިވެރިއެއް ނޫން ކަމަށާއި، އެއީ އިތުރު ހަކަތައެއް އިހުސާސް ކުރެވޭނެ ކަމެކެވެ. ކަސްރަތު ކުރުމަކީ ސްޓްރެސް ކުޑަކޮށްދީ ދިގުމުއްދަތުގެ ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވެދޭ ކަމެކެވެ.
އެކަށީގެންވާ މިންވަރަށް ނިދި ހޯދާށެވެ. ޕީރިއަޑް ފެށުމުގެ ކުރިން ދުވަސްތަކުގައި އިތުރަށް ނިދި ލިބުން މުހިންމެވެ. އާންމުކޮށް ކޮންމެ ރެއަކު ހަތް ގަޑިއިރު ނިދަން ބޭނުން ނަމަ އަށް ގަޑިއިރު ނިދާލަން މަސައްކަތް ކުރާށެވެ. ތަފާތު ވިޓަމިންތަކާއި މިނަރަލްތަކުގެ ސަބަބުން ޕީއެމްއެސްގެ އަލާމާތްތައް ލުއިކޮށްދެ އެވެ. އޭގެތެރޭގައި ވިޓަމިން ބީ6 (ހަކަތައަށް)، ވިޓަމިން ޑީ (މޫޑް ލިފްޓިންގ އަށް) އަދި މެގްނީޒިއަމް (ޕީއެމްއެސް އިންޑައުސްޑް ބޮލުގައި ރިއްސުމަށް) ހިމެނެއެވެ.
އަރާމު ކުރާށެވެ. އަރާމު ކުރުމުގެ އުކުޅު ބޭނުން ކުރުމަކީ ޖަޒުބާތީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ރަނގަޅު އިހުސާސެއް ކުރެވޭނެ ކަމެކެވެ. މަސްތަކަށް ތަދުވާނަމަ، ތާފަނާ ފެނުން މަސާޖްކޮށްލާށެވެ. ނުވަތަ ވަކި ޒަރޫރީ ތެލެއް ވެސް ބޭނުންކޮށްގެން ޓެންސްވެފައިވާ މަސްތަކަށް ރިލެކްސް ކޮށްދެވިދާނެ އެވެ. ތަޅުދަނޑިއަކީ ތިމާއަށް ފައިދާވާ އެއްޗެއް ހޯދައި އެކަމުގައި ދެމިހުރުމެވެ.