ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ހަމްދީ އަގީލް އެމަގާމުން ވަކިކުރައްވައިފިއެވެ.
އެކަމަކު ޕީސީބީ ބޯޑުން ހަމްދީ ވަކިކުރެއްވި ސަބަބު ސަރުކާރުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރކަންވެސް ކުރައްވާފައިވާ ހަމްދީ ޕީސީބީގެ ބޯޑަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމްދީ ޢައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުގައެވެ.