ރާއްޖޭގައި ޗުއްޓީ ހޭދަކުރިނިކޮށް، އޮޅު ކޮށްގެން ގެންގުޅުނު ކުއްތާ ޝިކާރަކޮށްގެން ބަޔަކު ބާބަކިއު ހަދައިފިއެވެ. ޗައިނާ އަންހެން މީހާ ރާއްޖެއަށް އައީ، ޗައިނާ މީހުންގެ ނަގޫސޭސަރު (ޑްރެގަން)ގެ އައު އަހަރާ ދިމާކޮށް ޗުއްޓީ ހޭދަކޮށްލާށެވެ. އޭނާގެ ހަޔާތުގެ އެންމެ ގާތް ރަހުމަތްތެރިއަކީ އޭނާގެ ކުއްތާ، ޔީޔީއެވެ.
ރާއްޖޭގައި އޭނާ ޗުއްޓީ ހޭދަކުރާއިރު ޔީޔީއަށް ވެސް ރަނގަޅު ޓްރީޓެއް ދޭން ބޭނުންވިއެވެ. އެހެންވެ، ކުއްތާތައް ބަލަހައްޓާ ހޮޓަލަކަށް ގެންގޮސް އެމީހުންނާ ހަވާލުކޮށް އެސޮރު ރަނގަޅަށް ބަލަހައްޓަން އެދުނެވެ.
ކުއްތާވެސް އެކަނި މާގިނަ ދުވަހު ބަންދުގައި ހުރީމަ ކަންނޭނގެއެވެ! އެސޮރުވެސް އެ ހޮޓަލުގެ މީހުންނަށް ވަގަށް، ރަށުތެރެ ބަލާލަން ނިކުމެ ބުރެއް ޖަހައިލިއެވެ. އެހެން އުޅުމުގެ ތެރޭގައި ސިޓީގެ ބޭރުން ސާފު ވައިކޮޅެއް ހޯދާލަން އެސޮރު ހައިވޭގައި ދުވެ އުޅެނިކޮށް، ކާރެއްގައި ޖެހިގެން ހިރި ނުލެވޭ ވަރަށް އަނިޔާވިއެވެ.
މިހާލުގައި ޔީޔީ ކުއްތާ އޮތްވައި ފެނުމުން ހައިވޭގެ މަސައްކަތް ކުރާ ކުންފުނީގެ މުވައްޒަފުން ޔީޔީ ނަގައިގެން އެމީހުން ދިއިރުޅޭ ތަނަށް ގެންދިޔައެވެ. ޔީޔީއަށް ހަދާނެ ގޮތަކާ މެދު ސައްލާ ކުރުމަށްފަހު އެއްބަސްވެވުނީ ބާބަކިއު ހަދައިގެން، މީރުކޮށް ސޯސް ޖަހައިގެން ކާލާށެވެ!
8 ގޮލައިން ޔީޔީ ކަތިލައިގެން ރަނގަޅަށް ބާބަކިއު ހަދައި ނިންމައިފިއެވެ.
ހޮޓަލުގެ މީހުންވެސް ޔީޔީ ގެއްލިގެން ހޯދަނީއެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ކުއްތާގެ ސާހިބާވެސް ހޮޓަލަށް ގޮސް ޔީޔީއާ ޙަވާލުވާން އެދުނީއެވެ. ޔީޔީ އޮތީ، ބާބަކިޔު ހެދި ނިމިފައެވެ.
ކުއްތާ ހޮޓަލުން ވަނީ މައާފަށް އެދިފައެވެ. ކުއްތާއިން ބާބަކިއު ހެދި 8 ސޮރުންގެ ފަރާތުން ހައިވޭ ކުންފުނިންވެސް ވަނީ މައާފަށް އެދިފައެވެ. އަދި މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް ބުންޏެވެ.
މިހާދިސާ ހިނގި ޝެންހާއިއަކީ ކުއްތާއާއި ބުޅަލު މަސްކެއުން މަނާކޮށްފައިވާ ޗައިނާގެ މަދު ސިޓީތަކުން ސިޓީއެކެވެ. އެކަމަކުވެސް އަތުހޭކެންޏާ ދަތުވެސް ހޭކޭނެ ނޫން ހެއްޔެވެ؟
ސާހިބާ ވަނީ ކުއްތާ ހޮޓަލާއި ހައިވޭ ކުންފުންޏާ ދެކޮޅަށް ބަދަލު ހޯދަން ދައުވާ ކޮށްފައެވެ. އެކަމަނާ ބުނީ، މި ފައިސާ ހޭދަކުރާނީ އޮޅު ކުއްތާއިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޔީޔީ ފަންޑު ހެދުމަށް ކަމަށެވެ.