ޣައްޒާއިން ނަސްލު ސާފުކޮށްލުމުގެ ނިޔަތެއް އޮތްނަމަ ވައިޓް ހައުސްގެ އެއްވެސް ސައްލާއެއްގައި ބައިވެރިވާން ބޭނުންފުޅެއް ނޫންކަމަށް މިސްރުގެ އަބްދުލްފައްތާޙު ސީސީ ރައީސް ވިދާޅުވެއެވެ. ސީސީގެ ފަރާތްޕުޅުން މިކަން ހާމަކުރެއްވީ މިކަމުގެ ތަފްސީލު ލިބިވަޑައިގެންފައިވާ ސަލާމަތީ ދާއިރާގެ ދެބޭފުޅުންނެވެ.
1 ފެބްރުއަރީގައި ޓްރަމްޕް ވަނީ ސީސީއަށް ފޯނުން ގުޅުއްވައި ވައިޓް ހައުސްއަށް ވަޑައިގަތުމަށް ދައުވަތު ދެއްވިއެވެ. ނަމަވެސް ތާރީޚެއް އަންގާފައެއް ނުވެއެވެ.
ޓްރަމްޕް ވަނީ 2 މިލިއަން ފަލަސްޠީނު މީހުން ޣައްޒާއިން ބޭރުކޮށް ނަސްލު ސާފުކޮށްލުމަށްފަހު އެތާނގައި އިމާރާތްތައް އަޅައި ބިމުގެ ވިޔަފާރި ކުރުމަށް ދަހިވެތިވެފައިވާ ކަމަށް ދުނިޔެއށް ދައްކާފައެވެ. ޢަރަބިން ވަނީ ޓްރަމްޕްގެ ޣާދަރުވެރި ޒަޔަނިސްޓު ރޭވުމަށް ގަނޑުކޮށް ނޫނެކޭ ބުނެފައެވެ.