ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާއިން ފޯރުކޮށްދޭ ބިލިޔަން ޑޮލަރުގެ އެހީގެ ބަދަލުގައި ޔޫކްރޭނުގެ ގުދުރަތީ މުއްސަނދި ކަމުގެ ބައެއް އެމެރިކާއަށް ލިބެންޖެހޭނެކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕް ވިދާޅުވެއްޖެއެވެ.
ޓްރަންޕް ވިދާޅުވީ އެމެރިކާއިން ޔޫކްރޭނަށް ބިލިޔަން ޑޮލަރު އޮއްސަމުންދަނީ އެމެރިކާއަށްވެސް ފައިދާވާނެ "ޑީލަކަށް" ކަމަށެވެ.
"ޔޫކްރޭނަކީ ބިމުގެ މުއްސަނދިކަން ބޮޑު ގައުމެއް. ވަރަށް މަދުން ނޫނީ ނުފެންނަ މައުދަންތައް ޔޫކްރޭނު ބިމުގައި އެބަހުރި. އެމެރިކާއިން ޔޫކްރޭނަށް ބިލިޔަން ޑޮލަރު އޮއްސަމުން މިދަނީ އޭގެ ބަދަލު ނުލިބޭނެ ގޮތަކަށް ނޫން. އަހަރެމެން ޔޫކްރޭނުގެ ބިމުގެ މުއްސަނދިކަމުން ބައެއް ބޭނުން. އެކަމަކު ކާކަށް އެނގެނީ މާދަމާ ކަންތައްވާނެ ގޮތެއް. ފަހަރެއްގައި މުސްތަގުބަލުގައި މުޅި ޔޫކްރޭން ރަޝިޔާގެ ބަޔަކަށްވެސް ވެދާނެ" ޓަރަންޕް ވިދާޅުވިއެވެ.
ޔޫކްރޭނަށް ލޯ އެޅުމުގެ އިތުރުން ޓްރަންޕް ގެންދަނީ ފަލަސްތީނުގެ ޣައްޒާވެސް އެމެރިކާގެ އަތްދަށުލުމުގެ ޕްލޭންތައް ކުރަމުންނެވެ. ޓްރަންޕުގެ ޕްލޭނަކީ ޣައްޒާ ބިން އެމެރިކާގެ ރިއަލް ސްޓޭޓް ވިޔަފާރިތަކަށް ހުޅުވާލުމެވެ.