އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ދެންމެއަކު ވިދާޅުވީ އޭނާ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އަނެއްކާވެސް ވާހަކަ ދައްކަވައިފި ކަމަށެވެ. އަދި ވަގުތުން މަޝްވަރާތައް ފެށުމަށް ޕޫޓިން އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި ހަނގުރާމަ ނިންމާލެވޭނެ ގޮތުގެ މަޝްވަރާތަކަށް "ވަގުތުން" ފަހިކޮށްލައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
ޓްރަމްޕްގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމުގައި ޝާއިއުކުރި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ ރަޝިޔާގެ ލީޑަރާ އެކު "ދިގު އަދި ވަރަށް އުފެއްދުންތެރި ފޯނު ކޯލެއް" ކުރިއަށް ގެންދިޔަ ކަމަށެވެ.
އެ ކޯލްގައި "ޔޫކްރޭން، މެދުއިރުމަތި، ހަކަތަ، އާޓިފިޝަލް އިންޓެލިޖެންސް، ޑޮލަރުގެ ބާރު، އަދި އެކިއެކި އެހެން މައުޟޫއުތަކާ ބެހޭ ގޮތުން" މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ޔުކްރެއިން އިން ނާޒީން ނައްތާލަން ޕޫޓިން ފެށްޓެވި ހަނގުރާމައިގައި މާގިނައިން މީހުން މަރުވެފައިވާ ކަމަށާއި އެ ހަނގުރާމަ މިހާރު ނިންމާލަން ޖެހޭ ކަމަށް ޕޫޓިންއަށް ވިދާޅުވި ކަމަށެވެ.
ޓްރަމްޕު ވިދާޅުވީ ރަޝިޔާގެ ލީޑަރު "އެކީގައި، ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް އެއްބަސްވެ ވަޑައިގެންފައިވާ" ކަމަށާއި ރަސްމީ ދަތުރުތަކަށް އެއްބޭފުޅަކު އަނެއް ބޭފުޅަކު ހޯސްޓް ކުރައްވަންވެސް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަޝްވަރާތަކުގައި "ދެފަރާތުގެ ޓީމުތަކުން ވަގުތުން މަޝްވަރާތައް ފެށުމަށް" އޭނާ އާއި ޕޫޓިން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ.
އަދި ފަހުން ވަކި ފޯން ކޯލެއްގައި ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއަށް އެކަން އަންގާނެ ކަމަށެވެ.