ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ވޭމަންޑޫ / ލަކްސްލީން، އިބްރާހީމް ޝަރީފް (23އ) ކަމަށެވެ.

މީގެއިތުރުން މިދިޔަ މަހު 28 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ވޭމަންޑޫއިން ކިނބިދޫއަށް ފުރަން އުޅުނު ލޯންޗަކުން އޭނާ ހައްޔަރުކޮށް ބަަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިބްރާހީމް ޝަރީފް ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ،

ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.