ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެކަމަށް މޯލްޑީވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.
އެމްޓީސީސީން މިހެން ބުނެފައިވަނީ މިއަދު އެކުންފުނިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އެމްޓީސީސީން އިތުރަށް ބުނެފައިވަނީ އެ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ 19,780 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުން ކަމަށެވެ.
އަދި 650 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް މޯލްޑީވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ން ބުނެފައިވެއެވެ.