މ. ވެލާލުގެ، ސަޙަރު ވަޙިދު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޝަންސް އޮފިސަރ (ސީއޯއޯ)ގެ މަގާމަށް މިއަދު އައްޔަން ކޮށްފިއެވެ.

ސަހަރު ވަޙީދަކީ، ބޭންކިންގެ ދާއިރާއިން 18 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ލަންޑަން ޔުނިވަރސިޓީން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ސަޙަރު ވަނީ މިދިޔަ މުއްދަތުގައި، ބެންކުގައި ގިނަ ވަޒީފާތަކެއް އަދާކުރައްވާފައެވެ. އެންމެ ފަހުން އޭނާ އަދާކުރައްވާފައި ވަނީ، ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރުގެ މަގާމެވެ.