ދަނޑުވެރިކަމާ ދިރޭ ތަކެއްޗާއި ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި ޑރ. އައިޝަތު ރަމީލާ މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅުގެ ސަބަބުންނެވެ.
ކެންސަރު ބަލި ހުރިކަން އެނގުމާއެކު ނޮވެމްބަރު 2023, ގައި ވެސް ފަރުވާއަށް ގައުމުން ބޭރަށް މިނިސްޓަރު ރަމީލާ ވަޑައިގަތެވެ. ފަރުވާ އަށް ފަހު އަލުން އެނބުރި މަސައްކަތަށް ނުކުންނެވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ.
ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިން އިރު ރަމީލާއަށް ރުހުން ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.