ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓް މުޢާޒު މުޙައްމަދު ރަޝީދް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ސީ.އީ.އޯ ހީނާ ވަލީދާ ބައްދަލު ކުރައްވައިފިއެވެ.
ބައްދަލުކުރެއްވުމުގައި ފެނަކައިގެ އިސްވެރިންނާއި އެންސްޕާގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ބައްދަލު ކުރެއްވުމުގައި، ސަބްސިޑީ އިސްލާޙުކުރުމުގެ މަސައްކަތާއި، ޑައިރެކްޓް ސަބްސިޑީ ދިނުމުގެ އިތުރުން އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ފެނަކައިން މައުލޫމާތުދީފައިވެއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ދިވެހިރާއްޖޭގެ 157 ރަށެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. އަދި އެ ކުންފުނިން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.