ހދ. މަކުނުދޫ ބަނދަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން މޮނިއުމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެރަށޫ ކައުންސިލްއިން އިޢުލާނުކޮށްފައެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކޮށްފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮޖެކްޓުގައި ރަޖިސްޓަރީ ކުރުމުގެ މުއްދަތު ހަމަވާނީ 15 ޑިސެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.

ޕްރޮޖެކްޓާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް 14 ޑިސެންބަރު 2024 ގެ ކުރިން ސުވާލު ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލްއިން ދީފައިވެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 15 ޑިސެންބަރު 2024 ވަނަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މަކުނުދޫ ކައުންސިލް އިދާރާއަށް ގުޅުމަށް (9695777) ނުވަތަ އީމެއިލް ކުރުމަށް ([email protected]) ވަނީ އަންގާފައިވެއެވެ. މީގެ އިތުރުން، މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އިޢުލާން: https://www.gazette.gov.mv/iulaan/317806