މިސްރުގެ ކުރީގެ ރައީސް މަރުޙޫމް ޙުސްނީ މުބާރަކްގެ މަގްބަރާ ބިނާކުރުމުގައި އިސްރާފް ކޮށްފައިވާ ކަމަށް ބުނެ މީސްމީދިއާގައި މިސްމީހުން ފާޑުކިޔައިފިއެވެ. މުބާރަކްގެ ފާތިހާ ދުވަސް ފާހަގަ ކުރުމަށް އޭނާގެ އާއިލާއިން މަގްބަރާއަށް ޒިޔާރަތް ކޮށް ނަގާފައިވާ ފޮޓޯތަކުން ފެންނަނީ، ގަނޑުވަރެއް ފަދައިން ފުރިހަމައަށް ހަދާފައިވާ މަގްބަރާއެކެވެ.

މީސްމީޑިއާގައި މީހުން ކިޔައިދިން ގޮތުގައި މިއީ އެއްހާސް އަކަފޫޓްގެ ބިމެއްގައި ހަދާފައިވާ، ފަނިފަކުސަ ދުކޮށްދޭ ވައްތަރުގެ އަގުހުރި ސަންގުމަރު ހިލަ ޖަހާފައިވާ، އަދި ރަތް ދޫލައިން ޒީނަތްތެރި ކޮށްފައިވާ މަގްބަރާއެކެވެ. ސީލިންގ ހަދައި ގަސްމުށިތައް ބެހެއްޓުމުގެ އިތުރުން ކޮންފަރެންސް ރޫމަކާއި، އައިޑީދީ ލޭންޑްލައިން ފޯންވެސް ބެހެއްޓިފައި ވެއެވެ.

މީހުންގެ ވާހަކަތަކުގައި މުބާރަކް ވެރިކަމަށް ވަޑައިގަތްތާ ކުރީކޮޅު ކޮރަޕްޝަންއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަ ފަށްކޮށްފައި ވެއެވެ.

"ކަފުނުގައި ޖީބެއް ނުހުންނާނެ!" މުބާރަކު ވިދާޅުވެފައި ވެއެވެ.

މި މަގްބަރާއާ މެދު މީސްމީޑިއާގައި ސުއާލު ކުރި މީހާ އަހާފައިވަނީ މިއީ މަހާނައެއް ތޯ ނުވަތަ ފަސް ތަރީގެ ހޮޓަލެއްތޯ އެވެ!

ފާޑު ކިޔާފައިވާ ފަރާތްތަކުން ބުނެފައިވަނީ މިސްރު މީހުން އަމިއްލައަށް ބޯހިޔާވަހި ކަމެއް ނުލިބިގެން އުޅޭއިރު ފައިވް ސްޓާރ ފެންވަރުގެ ހޮޓަލެއްފަދަ ތަނެއްގައި މައްޔިތާ އޮންނަ އިރު ދުނިޔެ މަތީ އުޅެފައިވާނީ ކޮންފަދަ ފެންވަރެއްގައި ހެއްޔެވެ؟

ބައެއް މީހުން ވަނީ ކުވެއިތުގެ އަމީރުގެ މަހާނައާއި މުބާރަކްގެ މަހާނަވެސް އަޅާ ކިޔާފައެވެ.

30 އަހަރުގެ ދިގު ވެރިކަމަކަށް ފަހު މުބާރަކު ވެރިކަމުން ދުރުވެވަޑައިގަތީ 2011 ގައި ޖެނުއަރީގައި މީހުން ވެރިކަމާ ދެކޮޅަށް މަގުތަކަށް ނިކުތުމުންނެވެ.