މުޅި ރާއްޖެއަށް މިއަދު ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 3:00 ޖެހުމާ ހަމައަށެވެ. މިވަގުތު ތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް މެޓުން ލަފާ ކުރެއެވެ.

މެޓުން މިދިޔަ ހަފްތާގައި ވިދާޅުވީ ރާއްޖޭގެ މޫސުން ގޯސްވެފައިވަނީ ބޭ އޮފް ބެންގާލްގައި އުފެދިފާއި ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވެ، ރާއްޖެ ކައިރިން ދަތުރު ކުރާތީ ކަމަށެވެ. މި ތޫފާން މިހާރު ވަނީ އިންޑިޔާގެ ޓެމިލްނާޑޫއަށް އަރައި ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައެވެ.