މަރުވެފައި އޮތް މީހަކު ހުޅުމާލެ ފަޅު ތެރެއިން ފެނިއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ފެނުނީ ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާ ފަޅުތެރެއިންނެވެ.
މަރުވެފައި އޮއްވައި ފެނުނީ ފިރިހެނެކެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މިކަމުގެ އިތުރު ތަފްސީލް އަދި ފުލުހުން ހާމައެއް ނުކުރައްވައެވެ.