އިންޑިއާގެ ގާނޫނުއަސާސީއަށް ބަދަލު ގެނަސް، މާއްދާ 370 އުވާލައި، އޮގަސްޓް 5 2019 ގައި އިންޑިއާ ސަރުކާރުން އެޅި ފިޔަވަޅަކީ ކަޝްމީރުގެ ޒަމާންވީ ސިޔާސީ ނިޒާމު އުވާލައި އައު ނިޒާމަކަށް ބަދަލު ކޮށްލި ދުވަހެކެވެ. ގާނޫނުއަސާސީން ދީފައިވާ އިމްތިޔާޒުތައް އުވާލައި، ކަޝްމީރު ބަހާލައި، އިންޑިއާގެ އިއްތިޙާދުގެ ތަނެއްގެ ގޮތުގައި އިޢްލާން ކުރުމުން ކަޝްމީރުގެ ސިޔާސީ ލީޑަރުން ސިފަކުރެއްވީ އެއީ ޚީޔާނާތެއްގެ ގޮތުގައެވެ. ނަމަވެސް އެކަހެރިވެފައިވާ މީހުންނާއި ޒުވާނުންނާއި ފުރުސަތަށް ބަލަބަލާ ތިބި މީހުންނަށް މިކަން ވެގެން ދިޔައީ ފުރުސަތުގެ އައު ފަތިހަކަށެވެ.

މި ބަދަލު އައީ ނުތަނަވަސް ކަމަކާއެކު ގައެވެ. ސިޔާސީ ލީޑަރުން ބަންދުކުރެވުނެވެ. މުޅި ވާދީން މުވާސަލާތީ ގުޅުން ކަނޑާލާފައި ބޭއްވިއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ސިފަ ކުރެއްވި ގޮތުގައި ކަޝްމީރަށް ހައިސިއްޔަތެއް ލިބިފައި ނެތުމުން އިންޑިއާގެ އެހެން ތަންތަނާ އަޅާ ބަލާއިރު ކަޝްމީރަކީ ފަގީރު ސަރަހައްދެކެވެ.

އަލަށް ގެނަސްފައިވާ ބަދަލާއެކު ޒުވާނުންނަށް ވަނީ ފުރުސަތުތަކެއް ހުޅުވިފައެވެ. ވިޔަފާރިއާއި ކުޅި ވަރާއި ސަގާފީ މައިދާނާއި އެހެނިހެން ބިނާ ކުރަނިވި ހަރަކާތުގެ ފުރުސަތުތައް ފަހިކޮށްފައި ވެއެވެ. މީގެ މަގްސަދަކަށްވީ ހަމަނުޖެހުމާއި ހަތިޔާރު ގެންގުޅުމުން އެމީހުން ދުރުކުރުމެވެ.

މިދިޔަ ހުކުރު ދުވަހު ކަޝްމީރުގެ ގުލްމަރުގުގައި އިންޑިއާގެ ބޮޑު ވަޒީރު ވަނީ ފިނުމޫސުމްގެ ކުޅިވަރުތައް އިފްތިތާހު ކޮށްދެއްވާފައެވެ. މީގެ މަގްސަދަކީ، މޮދީ ވިދާޅުވިގޮތުގައި ކަޝްމީރަކީ ބައިނަލްއަގްވާމީ ފިނި މޫސުމްގެ ކުޅިވަރުގެ މަރުކަޒަކަށް ހެދުމެވެ.

އިންޑިއާގެ މަސްއޫލު ވެރިން ވިދާޅުވާ ގޮތުގައި ޒުވާނުން ގައު އުކުމުގެ ހަރާކްތަތަކާ ދުރަށް ގެންދެވިފައި ވެއެވެ. މިފަދަ ކަންކަން ބޮޑު ކޮށް ކަޝްމީރުގައި މަދުވެފައިވާ ކަމުގައި މަސްއޫލުވެރިން ވިދާޅުވެއެވެ.

ޚާއްސަ އިރުޝާދާއެކު ސަރުކާރުގެ ކޮންމެ ސްކީމެއްވެސް ޒުވާނުންނާ ހަމައަށް ފޯރާ ގޮތަށް ފަރުމާ ކުރުމަށް ސްޓޭޓް ސަރުކާރަށް އަންގާފައި ވެއެވެ. މީގެ އިތުރުން ވަޒީފާއަށް މީހުން ހޯދާ ކުންފުނިތަކެއ ހެދުމަށްފަހު ވަޒީފާ ނެތް ޒުވާނުންނަށް ވަޒީފާ ހޯދައި ދިނުމަށް މަސައްކަތް ކޮށްފައި ވެއެވެ.

މީގެ އިތުރުން ޒުވާނުންނަށް ސްކޯލާޝިޕް ސްކީމްތައްވެސް ހަމަޖައްސާފައި ވެއެވެ.